ގޮއިދޫއަށް ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 12 އޯގަސްޓް 2025 18:52
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސް މި ބީދައިން ވިދާޅުވެފައިވަނީ މިއަދު މެންދުރު ފަހު ގޮއިދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުުގައި ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން.

ބ. ގޮއިދޫއަށް ޖުމުލަ 12 ވައުދެއް ވެފައިވާނެކަމަށާއި އެ ހުރިހާ ވައުދުފުޅެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މި ބީދައިން ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު ގޮއިދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުުގައި ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގޮއިދޫގައި ސީޕްލޭންގެ ހިދުމަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އަދި ހަމައެހެންމެ، އެރަށު ރަށްގިރުމުގެ މައްސަލަ ވެސް ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެކަމަށާ، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސުކޫލަށް ކުލާސްރޫމް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ އެރަށުގައި ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ވެސް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

އަދި ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެރަށުގައި ފުޓްބޯޅަ ދަނޑެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން އެރަށު ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމުގެ އިތުރުން ގޮއިދޫގައި އީކޯ ޓޫރިޒަމް ވަރަށް އަވަސް މުސްތަގުބަލެއްގައި ތައާރަފް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އަދި ހަމައެހެންމެ، ގޮއިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%