ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ އެކަމަށްޓަކައި އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މެމޮގްރަފިގެ ހިދުމަތް އޭދަފުށީގައި ފެށިގެންދިޔުމާން އެސަރަހައްދުގެ ރައްޔިތުން މެމޯގްރަފީގެ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ރާއްޖޭގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.