ބ. އޭދަފުށީގައި މޯލްޑިވްސް އިމިގްރޭޝަނުގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި އެވެ.
އިމިގްރޭޝަނުގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ހިދުމަތް އޭދަފުށިގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނެވެ.
އޭދަފުށީގައި އިމިގްރޭޝަނުގެ އޮފީސް ރަސްމީކޮށް ރައީސް ހުޅުވައިދެއްވީ އެކަމަށްޓަކައި އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ވެސް ވަނީ ދޫކޮށްފަ އެވެ. މި އޮފީހުގެ ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ.
އިމިގްރޭޝަނުގެ އޮފީސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ރައީސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވާ ކަމެއްކަން ފާހަގަކޮށްލަންޖެހެ އެވެ.