ދަނޑުވެރިކަމާއި ބެހޭ ވުޒާރާއި އެޗްޑީސީ އާއި ގުޅިގެން ހުޅުމާލެ ފޭސް ދޭއްގައި 60 ރުއް އިންދައިފި

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 12 އޯގަސްޓް 2025 09:29
ހުޅުމާލެ ފޭސް ދޭއްގައި 60 ރުއް އިންދުން/ ފޮޓޯ: ވުޒާރާ
ހުޅުމާލެ ފޭސް ދޭއްގައި 60 ރުއް އިންދުން/ ފޮޓޯ: ވުޒާރާ
ޚުލާސާ

މިއީ ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދިވެހިރުއް ދިރުވައި އާލާކޮށް އިތުރުކުރުމުގެ މަޤްސަދުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، ހުޅުމާލެ ފޭސް ދޭއްގައި 60 ރުއް މިއަދު ހަވީރު އިންދާފި އެވެ.

މިއީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދިވެހިރުއް ދިރުވައި އާލާކޮށް އިތުރުކުރުމުގެ މަޤްސަދުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްވެރިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި މުވައްޒަފުން، ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް ބައިވެރިވި އެވެ.

ރުއް އިންދުން ފައްޓަވައިދެއްވުމުގެ ގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ރުކެއް އިންދަވާފަ އެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވި އެހެން ވުޒާރާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ހަރަކާތުގައި ބައިވެރިވި އެންމެން ވެސް ވަނީ ރުއް އިންދުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގައި ދިވެހި ރުއް މަދުވެ، އޭގެއިން ލިބިދޭ ކާނާ ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ދިވެހިންގެ ކެއިން ބުއިމުގައި މައިގަނޑު އެއް ބާވަތްކަމަށްވާ ކާށި، ލިބުން އިންތިހާއަށް ދަތިވެފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރި އެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ހަރަކާތެއް ފެށުމަށް އެ ވުޒާރާއިން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި އދ. އަރިޔަދޫގައި ރުއް އާލާކުރުމުގެ ޤައުމީ މަރުކަޒު ޤާއިމު ކުރުން ހިމެނޭކަމަށް ވުޒާރާއިން ބުންޏެވެ،

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%