ބ. އަތޮޅޫ ހޮސްފިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 11 އޯގަސްޓް 2025 00:25
ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއިއެކު ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ އޭދަފުށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އަދި އާރުޑީސީގެ ފަރާތުން މި އެެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ މިދަތުރުފުޅުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބ. އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫގެ އިތުރުން މާޅޮހަށް ވަޑައިގަންނަވާނެ އެވެ. އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ބ. ކަމަދޫއަށެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން، ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%