ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފައްޓަވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ އެކަމަށްޓަކައި އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ބ. އަތޮޅުގައި ފަށާފައިވާއިރު މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އާރުޓީއެލްގެ ހިދުމަތް ފެށި 11 ވަނަ އަތޮޅެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި، ރ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
މިކަމާއި ގުޅިގެން ރައީސް މީގެ ކުރިން ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާނޭ ކަމަށެވެ.









