އެމެރިކާ އާއި ދެކޮޅަށް، އޮސްޓްރޭލިއާއިން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 11 އޯގަސްޓް 2025 18:51
އޮސްޓްރިއާ ރައްޔިތުން ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކުރަނީ: އޮސްޓްރިއާ އިން ވަނީ ފަލަސްޠީނު ސަރުކާރު ބަލައިގެންފަ. / ފޮޓޯ: އޭއޭޕީ
އޮސްޓްރިއާ ރައްޔިތުން ފަލަސްޠީނުގެ ދިފާއުގައި މުޒާހަރާ ކުރަނީ: އޮސްޓްރިއާ އިން ވަނީ ފަލަސްޠީނު ސަރުކާރު ބަލައިގެންފަ. / ފޮޓޯ: އޭއޭޕީ
ޚުލާސާ

އޮސްޓްރިއާ އިން ފަލަސްޠީނުގެ ސަރުކާރު ބަލައިގަތުމުން، މިހާތަނަށް ފަލަސްޠީނު ސަރުކާރު ބަލައިގަތް ޤައުމުތަކުގެ ޢަދަދު 148 އަށް އަރައިފި.

އެމެރިކާގެ ނިންމުންތަކަށް ޒަމާނުއްސުރެ ތާއީދުކުރާ އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ސަރުކާރު ބަލައިގެންފިއެވެ.

އެމެރިކާގެ ޕްރެޝަރާއި ހެދި މިހާތަނަށް އޮސްޓްރޭލިއާ އިން މި ފިޔަވަޅު ނާޅައި ހުރުމަށްފަހު، މި ގޮތަށް ނިންމީ އެ ސަރަޙައްދުގައި ޞުލްޙަ އާއި ހަމަޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އޮސްޓްރޭލިޔާގެ ސަރުކާރުން ބުނެއެވެ. ރަސްމީކޮށް އެކަން އިޢުލާން ކުރާނީ އަންނަ މަހު އޮންނަ 80 ވަނަ އދ.ގެ ޖެނެރަލް އެސެމްބްލީގައި ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.

އޮސްޓްރޭލިއާ އާއި އެމެރިކާ އާއި ދެމެދު ޖޮއިންޓް އަސްކަރީ ތަމްރީނުތަކާއި، ޖާސޫސީ މަޢުލޫމާތު ބަރާބަރަށް ހިއްސާ ކުރާއިރު އޮސްޓްރޭލިއާއިން ފަލަސްޠީނު ސަރުކާރު ބަލައިގަތުމުން، ދޭހަވާނީ މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެން ބޭނުންވާ ކަމެވެ.

އެމެރިކާގެ އެހީގައި އިސްރާއީލުން ފަލަސްޠީނު މުސްލިމުން ދިރިތިއްބައި އަންދަމުންދާއިރު އޮސްޓްރޭލިއާ އިން ވަނީ ޣައްޒާއަށް ބޮޑެތި އިންސާނީ އެހީތަކެއް ވެސް ފޯރުކޮށްދީފައެވެ،

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު އޮސްޓްރޭލިއާ އިން ވަނީ ޣައްޒާ ރައްޔިތުންނަށް އެހީ ވުމަށް ޚަރަދު ކޮށްފައެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އދ.ގެ އިދާރާތަކާއި ބައިނަލްއަޤްވާމީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތައް މެދުވެރިކޮށެވެ.

އެންމެ ފަހުން މި އަހަރުގެ މާޗް މަހު ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާ ފަދަ މުހިންމު ބޭނުންތަކަށް ޙައްލެއް ހޯދުމަށް އިތުރު 11 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް އޮސްޓްރޭލިޔާގެ ސަރުކާރުން އިޢުލާން ކުރި ކަން ފާހަގަ ކުރެވެއެވެ.

އޮސްޓްރިއާ އާއި އެކު މިހާތަނަށް ގާތްގަނޑަކަށް 147 ޤައުމަކުން ފަލަސްޠީނުގެ ސަރުކާރު ބަލައިގަނެފައިވާއިރު، 2023 ވަނަ އަހަރު ފެށި ޣައްޒާ ހަނގުރާމައަށް ފަހު އަޔަލޭންޑް، ނޯވޭ، ސްޕެއިން، އަދި ސްލޮވޭނިއާ ފަދަ ޔޫރަޕްގެ ބައެއް ޤައުމުތަކުން ވެސް ފަލަސްޠިން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%