ކުޑަރިކިލު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ ގޮތުން އައު އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ހާއްސަ ދަތުރުފުޅުގެ ތެރެއިންނެވެ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އަޕްގްރޭޑް ކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ބ. އަތޮޅު އޭދަފުށި، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަކިރިލު، ހިތާދޫ، ދަރަވަންދޫ، މާޅޮސް، ތުޅާދޫއަށެވެ. ފުރަތަމަ ވަޑައިގަންނަވާނީ ބ. ކަމަދޫ އަށެވެ.
ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.