އދ. އަތޮޅުގައި ހިންގާ ކުޑަރަށް ރިސޯޓުގައި އަލިފާން ރޯވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 116 ދުވަސް ކުރިން - 11 އޯގަސްޓް 2025 13:27
ކުޑަ ރަށް ރިސޯޓު ރޯވުމުގެ ހާދިސާ.—-ފޮޓޯ:އެމްވީކްރައިސިސް
ކުޑަ ރަށް ރިސޯޓު ރޯވުމުގެ ހާދިސާ.—-ފޮޓޯ:އެމްވީކްރައިސިސް
ޚުލާސާ

ބެލެވޭ ގޮތުން ވޯޓާ ވިލާގައި ރޯވެ، ބައެއް ކޮޓަރި ތަކަށް ގެއްލުން ވެފައިވޭ

އދ. އަތޮޅުގައި ހިންގާ ކުޑަރަށް ރިސޯޓުގެ ވޯޓަ ވިލާއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހެނދުނު 10:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަލިފާން ނިއްވާ ޓީމު އެ ރިސޯޓަށް ދާން 11:05 ގައި މާލެއިން ފުރާފައިވާ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ރިސޯޓުގެ ފަޔަ ޓީމުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސޯޝަލް މީޑިއާގައި މި ހާދިސާގެ ފޮޓޯ އާއި ވީޑިއޯ މިހާރު ދަނީ ދައުރު ވަމުންނެވެ.

ބެލެވޭ ގޮތުން ވޯޓާ ވިލާގައި ރޯވެ، ބައެއް ކޮޓަރި ތަކަށް ގެއްލުން ވެފައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%