ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ތާރުއެޅުން ރަނގަޅު ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 2 ދުވަސް ކުރިން - 11 އޯގަސްޓް 2025 12:45
ބ. ކަމަދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން.—-ފޮޓޯ: ރައީސް އޮފީސް
ބ. ކަމަދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން.—-ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމަނިކުފާނު މިހެން ވިދާޅުވީ ބ. ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގަ.

ލޯކަލް ޓޫރިޒަމް ތަރައްގީވެ ފުޅާވަމުން އަންނަ ރަށްރަށުގެ މަގުތަކުގައި ތާރު އަޅައިގެން ހާޑް ސާފޭސް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ. ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހާއްސަކޮށް ޓޫރިޒަމް ގެސްޓްހައުސްތައް ތަރައްގީވަމުން އަންނަ ރަށްރަށުގައި، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނެ ގޮތަކަށް މަގުތައް ހެދުމަކީ މުހިންމު ކަމެކެވެ. އަދި މިކަން ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ކަމަދޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރު ނިންމުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށެވެ.

އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މިކަން ކުރިއަށް ގެންދާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%