ރައީސް ކަމަދޫގައި ބީއެމްއެލް އޭޓީއެމް ހުޅުވާ ދެއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 68 ދުވަސް ކުރިން - 11 އޯގަސްޓް 2025 11:35
ކަމަދޫ އޭޓީއެމް ހުޅުވައިދެއްވުން: ފޮޓޯ ރައީސް އޮފީސް---
ކަމަދޫ އޭޓީއެމް ހުޅުވައިދެއްވުން: ފޮޓޯ ރައީސް އޮފީސް---
ޚުލާސާ

ރައީސް ކަމަދޫގައި މި އޭޓީއެމް ހުޅުވާދެއްވާފައިވަނީ މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފި އެވެ.

ރައީސް ކަމަދޫގައި މި އޭޓީއެމް ހުޅުވާދެއްވާފައިވަނީ މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި ބ. އަތޮޅުގެ ޖުމުލަ 13 ރަށަކަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބ. އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫގެ އިތުރުން މާޅޮހަށް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

‎އަދި ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

‎ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%