އިސްރާއީލުން އަލްޖަޒީރާގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި

އައިޝަތު އީމާން | 3 ދުވަސް ކުރިން - 10 އޯގަސްޓް 2025 02:13
ކުއްލި ޚަބަރު: އަލްޖަޒީރާގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި
ކުއްލި ޚަބަރު: އަލްޖަޒީރާގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި
ޚުލާސާ

ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ އިސްރާއީލުން އަލްޖަޒީރާގެ ނޫސްވެރިޔަކު ޝަހީދުކޮށްލައިފި

ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީ އިސްރާއީލުން އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފް, 28, ދެންމެ ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ނޫސްވެރިންނަށް ޚާއްޞަ ކޮށްފައިވާ ޓެންޓަކަށް އިސްރާއީލުން ގަސްދުގައި އަމާޒުކޮށް ދިން ވައިގެ ހަމަލާގައެވެ.

މި ޙަމަލާގައި ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ މުޙައްމަދު ގުރައިގާ އާއި އެކު ޖުމްލަ ފަސްނޫސްވެރިން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން މީގެ ކުރިން ވެސް އެތައް ފަހަރަކު އަލް ޝަރީފަށް ތަކުރާރުކޮށް އިންޒާރު ދީފައިވެއެވެ.

ޣައްޒާ ހަނގުރާމަ ފެށިފަހުން މިއަދު އެކަނި 5 ނޫސްވެރިން ޝަހީދުކޮށްލާފައިވާއިރު، މިހާތަނަށް އަލްޖަޒީރާގެ މަރުވެގެން 11 ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ. މިއާއި އެކު މުޅިއެކު 232 ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީ ޒައެނިސްޓުން ގެންދަނީ އެމީހުން ހިންގާ ޖަރީމާތައް ދުނިޔެއަށް ހާމަކުރަމުން ދާތީވެ ނޫސްވެރިންނަށް ޓަގެޓް ކޮށް ޙަމަލާ ދެމުންކަން ބައިނަލްއަޤްވާމީ މީޑިއާތަކުން ފާހަގަ ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%