Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުވައްމުލައް ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފި

ފުވައްމުލައް ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
395 ދުވަސް ކުރިން - 10 އޯގަސްޓް 2025 21:46
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޑިޒައިންކޮށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ ފޮޓޯ: އެމްޓީސީސީ
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޑިޒައިންކޮށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ފުވައްމުލަކުގެ ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އަޅާނެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޑިޒައިންކޮށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފި އެވެ. މި މަޝްރޫއަކީ ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ފެންހިންދާ ނިޒާމާއި، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހިމެނޭ ބިޔަ މަޝްރޫއެކެވެ.

މިހާރު އެ މަޝްރޫއުގެ ދަށުން، މަގުތަކުގެ ފެން ހިންދުމުގެ ނިޒާމް ބައްޓަން ކުރުމުގެ ގޮތުން ސެޓްލްމެންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން (ކަރަންޓް ކޭބަލް ގުޅުވާލާ ހޮޅި) ބެހެއްޓުމުގެ މަސައްކަތުގެ އިތުރުން ޔޫޕީވީސީ ހޮޅި (ފެންހިންދާ ހޮޅި) އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން މަގުތަކުގެ ދެފަރާތަށް ބަހައްޓާ ކާބްސްޓޯން އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރިޔަށެވެ.

އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ފުވައްމުލަކުގެ ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އަޅާނެއެވެ. މިގޮތުން އެ މަސައްކަތުގެ ތެރެއިން 50 މަގެެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު އެއީ 12.7 ކިލޯ މީޓަރު ސަރަހައްދެކެވެ. މި މަޝްރޫއުގެ ސަބަބުން ސިޓީގެ އެތެރޭގެ ދަތުރުފަތުރުގެ ފަސޭހަވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

Advertisement

Advertisement 1

ފުވައްމުލައް މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލު ކުރު މަޝްރޫއެކެވެ. މިއީ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއަކަށްވާއިރު، މި މަޝްރޫއަށް 255.2 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމް ގާއިމު ކުރުމާއި 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލުމާއި 13،964 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 24،345 މީޓަރުގެ ކަބް ސްޓޯން ހަރު ކުރުމާއި ގަސްހަރު ކުރާ ޕިޓްސް ވަޅުލުން ހަމަޖެހިފައިވާ ކަމަށް އެެމްޓީސީސީން މީގެ ކުރިން މައުލޫމާތު ދީފައި ވެ އެވެ. އޭގެ އިތުރުން 633 މަގު ބައްތި ހަރު ކުރުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި ކަފިހި ހުރަސް ކުރެހުމާއި ސްޕީޑް ބްރޭކަރު ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ އެ ސިޓީގެ ރިންގރޯޑް ހިމެނޭހެން ބޮޑެތި 31 މަގެއްގައި ތާރު އަޅައި ނިންމާފައިވާކަން ފާހަގަކޮށްލެވެ އެވެ. އެމްޓީސީސީން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ ތެރޭގައި ފަށައި، ފުރަތަމަ ފިޔަވަހީގެ ދަށުން އެ ސިޓީގައި 95،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ތާރު އެޅި އެވެ.

އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

9 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

13 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

14 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

16 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 18:22