Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯގެ ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އިންގިލާބީ ބަދަލުތަކެއް

މިފްކޯގެ ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އިންގިލާބީ ބަދަލުތަކެއް

އަައިޝަތު ޒީނާ
382 ދުވަސް ކުރިން - 9 އޯގަސްޓް 2025 23:16
މިފްކޯގެ މަސް ކޭނަރީއެއް. / ފޮޓޯ: އަވަސް
މިފްކޯގެ މަސް ކޭނަރީއެއް. / ފޮޓޯ: އަވަސް
ޚުލާސާ

މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ބުނި.

މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ މި މަސައްކަތްތައް ކުރަން ފަށާފައިވަނީ، ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ތައްޔާރުވުމާއެކުގައި ކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިފްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މެދުކެނޑުމެއް ނެތި، ހީވާގިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ އެ ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތައް މަޖުބޫރު ރިޕެއާ އަދި މެއިންޓެނެންސް ކުރުން ވަރަށް ބޮޑަށް ލަސްވެފައިވާތީ ކުރިމަތިވާ ހުރަސްތައް ކަމަށެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހޭ އަދި އަސާސީ މަރާމާތުތަކާއި، ބަދަލުކުރަން ޖެހޭ ތަކެތި ބަދަލުކުރުމަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މެނޭޖްމަންޓުން އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިޔުއެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އަމާޒު ކަމަށެވެ. އެގޮތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  1. އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދޫ އަތޮޅަށް ގެންދިއުމުގެ ބަދަލުގައި، ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުން.
  2. އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުން.
  3. އެންސިސްގެ މަސް ކާރުހާނާ މިފްކޯއަށް ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއެކު މަޝްވަރާ ކުރުން.
  4. ގދ. ތިނަދޫގައި ގާއިމްކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަލް ކުރުން.
  5. އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރުތެރޭގައި ފެށުން.
  6. ކޫއްޑޫގެ މަސް ގަތުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުން.
  7. ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑުކުރުން.
  8. ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުން.

މިފްކޯއިން ބުނީ މި މަސައްކަތްތަކަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ދިވެހި މަސްވެރި ސިނާއަތާއި މަސްވެރިންގެ ހިދުމަތުގައި ކުރަމުންދާ މަސައްކަތްތަކަކީ ފައިދާހުރި، ދެމެހެއްޓެނި މަސައްކަތްތަކަށް ހެދުން ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޢަލީބެ

381 ދުވަސް ކުރިން - 11:45

އެންސިސް ސްކޭމް ދިފާއު ކުރަނީ ދޯ.

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

43 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

43 ދުވަސް ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

43 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

52 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

52 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

68 ދުވަސް ކުރިން - 16:24