މިސިސިޕީ ކޯރުގައި އޮތް ބާޖަކަށް ތިރިކުރަނިކޮށް އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި އަލިފާން ރޯވެފައި / ފޮޓޯ: ވީޑިއޯ ގްރޭބް، ސޯޝަލް މީޑިއާ
އެމެރިކާގައި ހެލިކޮޕްޓަރެއް ވެއްޓި ދެމީހަކު މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ހެލިކޮޕްޓަރު ވެއްޓުނީ މިސިސިޕީ ކޯރުގައި އޮތް ކެމިކަލް ބަރުކޮށްފައިވާ ބާޖަކަށް ތިރިކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެންނެވެ.
ބެލް 206 ހެލިކޮޕްޓަރު ބާޖުގައި ޖެހުމާއެކު ދެން ވެއްޓުނީ އެ ކޯރަށެވެ.
މި މައްސަލަ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ތަޙްޤީޤު ކުރަމުން ދާއިރު ބާޖުން އެއްވެސް ކަހަލަ ނުރައްކާތެރި ކެމިކަލެއް މިސިސިޕީ ކޯރަށް ބޭރުނުވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.