Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަހާބީންނަށް ބަދުބަސް ބުނުމަކީ އަގީދާ ފާސިދުކަމުގެ ދަލީލެއް: ހުކުރު ހުތުބާ

ސަހާބީންނަށް ބަދުބަސް ބުނުމަކީ އަގީދާ ފާސިދުކަމުގެ ދަލީލެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
361 ދުވަސް ކުރިން - 8 އޯގަސްޓް 2025 13:07
އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ރަސޫލާގެ ސަހާބީންނަކީ އެންމެ މާތް އަދި އިސްލާމް ދީނުގެ ކަންކަން އެންމެ ބޮޑަށް ފަހުމުވެ ވަޑައިގަތް ބޭކަލުން.

ސަހާބީންނަށް ބަދުބަސް ބުނުމަކީ އަގީދާ ފާސިދުކަމުގެ ދަލީލެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި ﷲގެ ރަސޫލާއަށް ފަހު އަހަރެމެން އެންމެ ބޮޑަށް މަތިވެރިކުރަންޖެހޭ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަހާބީންނެވެ.

އަހަރެމެން ވާންޖެހޭނީ އެބޭކަލުން މާތްކޮށް އެބޭކަލުން ދެކެ ލޯބިވާ އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި އަދި އެބޭކަލުންނަށް ފުރައްސާރަކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކު ކަމުގައި ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ހުތުބާގައި ބުނެފައިވާ ގޮތުގައި ރަސޫލާގެ ސަހާބީންނަކީ އެންމެ މާތް އަދި އިސްލާމް ދީނުގެ ކަންކަން އެންމެ ބޮޑަށް ފަހުމުވެ ވަޑައިގަތް ބޭކަލުންނެވެ. އަދި ހަމައެހެންމެ، އިސްލާމް ދީން އަހަރެމެންނާއި ހަމައަށް ފޯރުކޮށްދެއްވީ އެބޭކަލުންކަން ފާހަގަކުރައްވާ ހުތުބާގައި ބުނެފައިވަނީ އެބޭކަލުންނަށް ބަދުބަސް ބުނުން އެމީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭކަމަށެވެ. އެފަދަ މީހުން ބޭނުންވަނީ އެބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި އަހަރެމެން ދީނާ ދުރުކުރުވުމަށްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ރަސޫލާއަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ އިސްލާމީ އުންމަތުގެ އެންމެ ފުރުތަމަ ހަލީފާ އަބޫބަކުރުގެ ފާނު ކަމަށާއި އެކަލޭގެފާނަށް ފަހު އުމަރުގެ ފާނު ކަމަށް ހުތުބާގައި ބުންޏެވެ. އަދި އުމަރުގެފާނަށް ފަހު އުސްމާނުގެފާނު ކަމަށާއި އެކަލޭގެފާނަށް ފަހު އަލީގެފާނު ކަމަށެވެ. މިކަމަށް މުޅި އިސްލާމީ އުންމަތް އިއްތިފާގުވެފައިވާކަމަށާއި އަހަރެމެންގެ ހުތުބާތަކުގައި އަބަދުވެސް އެ ހަތަރު އެބޭކަލުންނަށް ހެޔޮ ދުއާ ކުރާކަމަށް ވަނީ ހުކުރު ހުތުބާގައި ބުނެފަ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ސުންނަތް ޖަމާއަތުގެ އަހުލުވެރިންގެ އަގީދާއަކީ ރަސޫލާއަށް ފަހު އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ސަހާބީން މަތިވެރިކުރުން ކަމަށެވެ. މިކަމާއި ހިލާފުވާ ކޮންމެ މީހަކީ ބާތިލު ފިކުރުގެ އަހުލުވެރިންކަމަށްވުމުން ސުންނަތް ޖަމާއަތުގެ އަހުލުވެރިންގެ އަގީދާގައި އަހަރެމެންގެ ފައިތިލަތައް ސާބިތުކުރަންޖެހޭކަމަށް ހުކުރު ހުތުބާގައި އިތުރަށް ވަނީ ބުނެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

4 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

11 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

18 ދުވަސް ކުރިން - 13:00

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

25 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

32 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

39 ދުވަސް ކުރިން - 13:33