11 ރަށެއްގެ މަގު ހެދުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަންސް މިނިސްޓްރީން އާރުޑީސީއާ އެކު މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް އެވެ.
އެގޮތުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ރަށްރަށަކީ:
- ހއ. ތުރާކުނު
- ހދ. ނޮޅިވަރަމްފަރު
- ހދ. ފިނޭ
- ށ. މަރޮށި
- ނ. މާފަރު
- ބ. ތުޅާދޫ
- ބ. ކުޑަރިކިލު
- މ. މުލި
- ތ. ގުރައިދޫ
- ތ. ހިރިލަންދޫ
- ތ. ކިނބިދޫ
މި މަޝްރޫއުތަކަށް ހަރަދުވާނެ ޖުމުލަ އަގަކީ 842 މިލިއަން ރުފިޔާ އެވެ. މި ހުރިހާ ރަށެއްގެ މަގުހެދުމުގެ މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.