Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ މުދައްރިސުން ތަމްރީނުކުރުމަށް އެކަށީގެންވާ މަސައްކަތެއް މާޒީގައި ކޮށްފައި ނުވޭ: ޑރ. ޝަފީއު

އާ މުދައްރިސުން ތަމްރީނުކުރުމަށް އެކަށީގެންވާ މަސައްކަތެއް މާޒީގައި ކޮށްފައި ނުވޭ: ޑރ. ޝަފީއު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
387 ދުވަސް ކުރިން - 7 އޯގަސްޓް 2025 12:29
ޑރ. އިސްމާއިލް ޝަފީއު: ފޮޓޯ/ އިންޓަނެޓް---
ޑރ. އިސްމާއިލް ޝަފީއު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

2023 ވަނަ އަހަރު ނިމުނުއިރު ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭން ބޭނުންވާ 600 އަށް ވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ވަނީ ބިކަވެފައި.

އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް މާޒީގައި ކޮށްފައި ނުވާކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަފީއު މި ބީދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ހިއްސާކުރެއްވި ސްޓޭޓަސްއެއްގަ އެވެ. އެގޮތުން މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަން ފަހިކޮށް، ތައުލީމި ދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރު ކުޑަ ކަމަށް ޑރ. ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މިކަމުގެ ސަބަބުން 2023 ވަނަ އަހަރު ނިމުނުއިރު އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600 އަށް ވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ބިކަވެފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް އަދި ތަޖުރިބާއެއް ލިބިފައިނެތް ފަރާތްތަކެއް ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތިބުމަށްވުރެ، ތައުލީމީ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސުން ރަނގަޅު ވާނެކަމަށް ޑރ. ޝަފީއު ވަނީ ވިދާޅުވެފަ އެވެ. މިފަދަ ފަރާތްތަކަށް ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭން ޖެހޭކަމުގެ މުހިއްމުކަމަށް ވެސް ވަޒީރު އަލިއަޅުއްވާލައްވާފައިވެ އެވެ.

އެއް އަހަރު ދުވަހުގެ ޑިޕްލޮމާ އަކާއެކު ތައުލީމީ ދާއިރާގައި މަސައްކަތް ފެށި މުދައްރިސުންނާއި ފަންނީ އެތައް ބަޔަކު ރާއްޖޭގައި ތިބޭނެކަން ފާހަގަކުރައްވާ ވަޒިރު ވިދާޅުވެފައި ވަނީ މިފަދަ ފަރާތްތަކަކީ ދަށް ބައެކޭ ނުބުނެވޭވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައިވާކަމަށެވެ.

2022 ވަނަ އަހަރު އެކުލަވާލި މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވަލް ފަހެއްގެ ގެ ޑިޕްލޮމާ ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ލިޔެފައިވާކަމަށް ޑރ. ޝަފީއު ވަނީ ވިދާޅުވެފަ އެވެ،

އަދި ހަމައެހެންމެ، މުދައްރިސެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމު ނަމަވެސް، ސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި ތިނެއް ނުވަތަ ހަތަރު އަހަރުގެ ސަނަދެއް ހޯދުމަށްފަހު ކަމުގައި ކަނޑައެޅުމަކީ ރާއްޖެފަދަ މުދައްރިސުން ލިބުމުގައި ދަތިތަކެއް ހުރި ގައުމެއްގެ ހާލަތު ތަންދޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ ވިސްނުމެއްގައި މަސައްކަތްކޮށްގެން ދުވަހަކުވެސް ރާއްޖެއަށް ދިމާވެފައިވާ މުދައްރިސުން މަދުވުމުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު އާ ގޮތްތަށް ތައާރަފުކޮށް، ޑިޕްލޮމާ ސެޓްފިކެޓާއެކު ވެސް ތައުލީމީ ދާއިރާއަށް ވަނުމަށާއި، މި ދާއިރާއިން ކުރިއަށްދިއުމަށް އެފަރާތްތަކަށް ހިތްވަރު ދިނުމުގެ މުހިއްމުކަމަށް ވެސް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ޝަޒޫ

381 ދުވަސް ކުރިން - 09:54

ޓީޗަރުން ތިއްބެވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގަ ނޫންތޯ

ގުއިއްޒު

385 ދުވަސް ކުރިން - 13:06

މިހާ ދެއުޅިއެއް ނުވާ ވާހަކަ ދައްކާ ބޭފުޅަކު އަދި ތަޢުލީމީ ވުޒާރާއަކާ ހަވާލެއް ނުވޭ. އަނެއްހެން ބުނަންޏާ ބީތާއެއް.

ގުޅޭ ޚަބަރުތައް

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

89 ދުވަސް ކުރިން - 17:03

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

136 ދުވަސް ކުރިން - 19:47

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

148 ދުވަސް ކުރިން - 14:03

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

183 ދުވަސް ކުރިން - 13:49

މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

މަޖީދިއްޔާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށަނީ

211 ދުވަސް ކުރިން - 23:11

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަނީ

214 ދުވަސް ކުރިން - 13:55