ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަނޑުން ޖަހާލި ސަޕްލައި ދޯންޏަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފްކޯ ސްޓްގާޑުން ކުޅުދުފުއްޓަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކޮޑްރަން އަށް ލިބުނީ މިއަދު ހެދުނު 8:45 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރި ކަަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާއި ގުޅިގެން ކުޅުދުފުއްޓަށް ގެންގޮސްދީފައިވާ ކަމަށް ބުންޏެވެ.
އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
އެމްއެންޑީއެފް އިން ބުނީ ކަނޑުވި ބާކީ ދެ މީހުން ވަނީ ލޯންޗުގެ ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ނަގާފައި ކަމަށެވެ.
ރޭގެ ވަގުތެއްގައި ކ. ޒަމާނީ އައިލެންޑް ކައިރިން 17 ބިދޭސީން ދަތުރުކުރި ޑިންގީއެއްވެސް ބަންޑުންޖަހާލި އެވެ. މި ޑިންގީން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.
ނޯޓް: މި ހަބަރުގައި ބަންޑުންޖަހާލައިފައިވަނީ ލޯންޗެއް ކަމަށް ކުރިން ބުނެފައިވަނީ އެމްއެންޑީއެފް އިން އޭރު ދިން މައުލޫމާތަށް ބިނާކޮށް.









