މޫސަގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

އައިޝަތު ޝިފްނާ ހުސައިން | 7 ދުވަސް ކުރިން - 7 އޯގަސްޓް 2025 09:40
މާވަށުގައި މަރުވި މޫސަ އިބްރާހިމް.
މާވަށުގައި މަރުވި މޫސަ އިބްރާހިމް.
ޚުލާސާ

މޫސަ އަށް ދިން ހަމަލާ އާއި ގުޅިގެން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި.

ލ. މާވަށުގައި ހިނގި މާރާމާރީ ގައި މަރުވި މޫސަ އިބްރާހިމް (29އ) ގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.

ފުލުހުން "ހުލާސާ" އަށް މައުލޫމާތު ދިން ގޮތުގައި މޫސަގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.

މާވަށުގައި މި މާރަާމާރީ ހިނގައިފައިވަނީ ކުރިން ދެ އެކުވެރިންގެ ދެމެދުގަ އެވެ. އަދި އެއީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިނގައިދިޔަ މާރާމާރީއެކެވެ.

މި މައްސަލައިގައި މޫސައަށް ހަމަލާ ދިނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ. މުހައްމަދު އިބްރާހިމް ވަނީ ޝަރީއަތް ނުމެންދެން ބަންދުގައި ބަހައްޓާފައި އެވެ.

މި މާރާމާރީގައި ބޭނުން ކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ވަނީ މޫދަށް ފީނައިގެން ހޯދައިފަ އެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހާ އަކީ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން ބުނެފައިވަނީ މޫސަ އަށް ދިން ހަމަލާ އާއި ގުޅިގެން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%