ފަލަސްޠީނުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޝަހީދުކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 6 ދުވަސް ކުރިން - 6 އޯގަސްޓް 2025 02:25
ކުއްލި ޚަބަރު: ފަލަސްޠީނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޝަހީދުކޮށްލައިފި
ކުއްލި ޚަބަރު: ފަލަސްޠީނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޝަހީދުކޮށްލައިފި
ޚުލާސާ

"ފަލަސްޠީނު ޕެލޭ" ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ކުރީގެ ޤައުމީ ޓީމުގެ ކެޕްޓަން ސުލައިމާން އުބައިދު ޝަހީދު ކޮށްލައިފި.

ފަލަސްޠީނުގެ ތާރީޚުގައި ވެސް އެ ޤައުމުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސުލައިމާން އުބައިދު، 41 (މަޝްހޫރު ނަމުން ނަމަ ފަލަސްޠީނު ޕެލޭ) އިސްރާއީލުގެ ޒައެނިސްޓުން ޝަހީދު ކޮށްލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ދެންމެ ބުނެފިއެވެ.

ފަލަސްޠީނުގެ ކުރީގެ ޤައުމީ ޓީމުގެ ކެޕްޓަން ސުލައިމާން އުބައިދު ނުވަތަ ފަލަސްޠީނު ޕެލޭ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ "ފަލަސްތީނުގެ ޕެލޭ" ޝަހީދު ކޮށްލީ ކާއެއްޗެއް ހޯދަން ގޮސް އުޅެނިކޮށް އިސްރާއީލުން ޓާގެޓް ކޮށްފައި ދިން ޙަމަލާގައި ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.


ފަލަސްޠީނުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސުލައިމާން އުބައިދު މިއަދު ޝަހީދުކޮށްލިއިރު، މީގެ 22 މަހަށް ވުރެ ގިނަ ދުވަސް ކުރިން ޣައްޒާ އާއި ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ފަލަސްޠީނުގެ އެތައް ސަތޭކަ އެތުލީޓުން ވަނީ ޝަހީދު ކޮށްލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%