ލަންޑަނުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ "ދިވެއްސަކު" އިނގިރޭސިވިލާތުގެ ފިލްމީތަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހަތަރު އަހަރަށް ޖަލަށްލުމަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
ސަންދަރަލިންގަމް ކޫޑަކިންގަމް ނަމަކަށް ކިޔާ 36 އަހަރުގެ މި މީހާ އަކީ ލަންޑަނުގެ މެދުތެރޭގައި ހުންނަ ޖޭޑް ތައި މަސާޖުޕާލާގައި މަސައްކަތްކުރާ މީހެއް ކަމަށްވެއެވެ.
އޭނާއަށް ޙުކުމް އިއްވީ މިއަދުގެ ވަގުތެއްގައެވެ.
އޭނާއަކީ ދިވެއްސެއް ކަމަށް ބުނާއިރު އޭނާގެ ނަން ވައްތަރީ އިންޑިއާގެ ނަމަކާއެވެ. އޭނާއާއި ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބޭއިރު އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 30 އަހަރުގެ ބަޠަލާއެއް އަދި ލަވަކިޔުންތެރިޔަކަށެވެ.



