Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުންދަރަލިންގަމް އަކީ ދިވެއްސެއްކަމަށް ހަބަރު ފެތުރުނު ހިސާބުން ފެށިގެން ސަރުކާރުން އައީ އެކަން ބަލަމުން: ހަލީލް

ސުންދަރަލިންގަމް އަކީ ދިވެއްސެއްކަމަށް ހަބަރު ފެތުރުނު ހިސާބުން ފެށިގެން ސަރުކާރުން އައީ އެކަން ބަލަމުން: ހަލީލް

އަައިޝަތު ޒީނާ
302 ދުވަސް ކުރިން - 8 އޯގަސްޓް 2025 09:40
ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލް. / ފޮޓޯ: ރައީސް އޮފީސް
ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަޒީރު ވިދާޅުވީ ހަބަރު ޖެހި ނޫހަށް ރަނގަޅު މައުލޫމާތު ދެއްވާފައިވާ ކަމަށް. އަދި މިކަމުގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް އޮތްތޯ ވެސް ކަށަވަރުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވޭ.

އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ޑެއިލީ މެއިލްގައި ޖެހި ވަގުތުން ފެށިގެން ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން އެކަން ގެންދިޔައީ ވަރަށް ކައިރިން ބަލަމުން ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" ކިޔާ މީހާއަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނާތީ އެކަން ސާފުކޮށްދިނުމަށް ރާއްޖޭގެ އިމިގްރޭޝަނުން ވެސް މިރޭ ނޫސްބަޔާނެއް ނެރެފައިވެއެވެ.

Advertisement

Advertisement 1

އެ ނޫސްބަޔާނުގައި އިމިގްރޭޝަނުން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ ހަބަރު ޖެހި ނޫހަށް ރަނގަޅު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމުގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް އޮތްތޯ ވެސް ކަށަވަރުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން އެމީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މަޝްހޫރު ބަތަލާއަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި އެމީހާއަކީ ދިވެއްސެއް ކަމަށް ބުނެފައިވީ ނަމަވެސް، އެ މީހާގެ ނަމަކީ ދިވެހިން ނަން ކިޔާ ގޮތާ އެއްވެސް ވަރަކަށް ގުޅުންވެސް ނުހުންނަ ނަމެއް ކަމަށްބުނެ ގިނަ ދިވެހިން ވަނީ އެ ހަބަރުތަކަށް ފާޑުވެސް ކިޔާފައެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްއިނގިރޭސިވިލާތް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

76 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

86 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

123 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

145 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

232 ދުވަސް ކުރިން - 12:55

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެއިން ގޮވާލައިފި

251 ދުވަސް ކުރިން - 17:17