އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި “ހަށިވިއްކާ އިންޑިއާ މީހަކަށް ދިވެހި ޕާސްޕޯޓެއް ލިބުނު މައްސަލައެއް!

ޢަބްދުﷲ ޖުނައިދު | 9 ދުވަސް ކުރިން - 7 އޯގަސްޓް 2025 11:55
އިނގިރޭސިވިލާތުގައި ދިވެހި ޕާސްޕޯޓް ގެންގުޅޭ ސުންދަރަލިންގަމް ކޫޑަލިންގަމް (36)
އިނގިރޭސިވިލާތުގައި ދިވެހި ޕާސްޕޯޓް ގެންގުޅޭ ސުންދަރަލިންގަމް ކޫޑަލިންގަމް (36)
ޚުލާސާ

އިނގިރޭސިވިލާތަށް ބިޒްނަސް ސްޕޮންސަރުގައި ހިޖުރަކުރި ދިވެހި ޕާސްޕޯޓް ގެންގުޅޭ ސުންދަރަލިންގަމް ކޫޑަލިންގަމް ކިޔާ މީހާއަކީ ދިވެއްސެއް ނޫންކަމަށް ބުނެ ދިވެހި ޕާސްޕޯޓް އޭނާއަށް ލިބުނުގޮތާއިމެދު ޢާންމުން ކަންބޮޑުވެއްޖެ.

ޚުލާޞާ ނޫހުގައި “ލަންޑަނުގެ ފިލްމީ ތަރިއަކަށް ޖިންސީ ގޯނާ ކުރި ދިވެއްސަކު ޖަލަށް ލައިފި” މި ސުރުޚީގެ ދަށުން ރޭ ލިޔެފައިވާ ޚަބަރާއި ގުޅިގެން، އެމީހާ އަކީ ކާކު ކަން ދެނެގަތުމަށް ގިނަ ބަޔަކު ޚުލާސާ އަށް ގުޅައި އޭނާގެ މަޢުލޫމާތު ހޯދައިދިނުމަށް އެދިއްޖެއެވެ.

ޚުލާޞާ އަށް ރެއިން ފެށިގެން މިހާތަނަށް ގިނަ ޢަދަދެއްގެ މެސެޖާއި ފޯނުކޯލް ލިބިފައި ވެއެވެ. ޢާންމުންގެ ޝަކުވާ އަކީ ލަންޑަނުން ހައްޔަރުކުރި މީހާގެ ނަމަކީ ސުންދަރަލިންގަމް ކޫޑަލިންގަމް ކަމަށް ޚުލާސާގެ ޚަބަރުގައި ލިޔެފައި ވާތީއާއި އަދި އެއީ ދިވެއްސެއް ކަމަށް ޚަބަރުގައި ލިޔެފައި ވުމެވެ. ނަމަވެސް ދިވެހި ރައްޔިތަކަށް އެފަދަ ނަމެއް ނުކިޔާނެ ކަމަށާއި އަދި ނަން ފާސްކުރުމުގައި ރާއްޖޭގައި އުޞޫލުތަކެއް އޮންނާތީވެ، އެ ނަމަކީ ދިވެއްސަކަށް ކިޔާނެ ނަމަކަށް ނުވާނެ ކަމަށާއި އޭނާގެ މޫނަށް ބަލައިލުމުން ވެސް އެއީ ދިވެއްސެއް ނޫން ކަން އެނގޭ ކަމަށެވެ. އެހެންކަމުން ބިދޭސި އަކަށް ދިވެއްސެއްގެ ޕާސްޕޯޓް ލިބުނީ ކިހިނެއް އަދި ކޮން އުޞޫލަކުންތޯ މިއީ ޢާންމުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކެވެ.

އިނގިރޭސިވިލާތުގައި މަޝްހޫރު ބަތަލާއެއް އަދި ލަވަކިޔުންތެރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތަރު އަހަރަށް ޖަލަށްލުމަށް އިއްޔެ ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުން ޙުކުމްކުރި މީހާގެ ނަމަކީ ސުންދަރަލިންގަމް ކޫޑަލިންގަމް އެވެ. އިނގިރޭސި ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެއީ 36 އަހަރުގެ ދިވެއްސެކެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން އޭނާއަކީ ދިވެހި މަސާޖް ތެރަޕިސްޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މީހާ ރާއްޖެއިން ޔޫކޭ އަށް ދިޔައީ 2021 ވަނަ އަހަރު އެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ނުވަތަ އެ މީހާ އަކީ އަސްލު ދިވެހި ރައްޔިތެއްތޯ ބެލުމަށްޓަކައި ޚުލާސާއިން ކަމާއިބެހޭ ފަރާތްތަކަށް ގުޅުމުން ބުނީ މިފަދަ ކަމެއް ރަސްމީ ކޮށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް އަދި ނާންގާ ކަމަށާއި، ބިދޭސީއަކު އިނގިރޭސީވިލާތުގައި ދިވެހި ޕާސްޕޯޓެއް ގެންގުޅޭ މައްސަލައެއްވެސް އަދި ދިވެހި ސަރުކާރާއި ޙިއްސާ ކޮށްފައި ނުވާ ކަމަށާއި، ޚަބަރުފަތުރާ ވަޞީލަތްތަކުން މި ވާހަކަ ފެތުރޭތީ އެކަންކަން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ މަރުޙަލާގައި ލޫޕްހޯލްތަކެއް ކުރީގެ ސަރުކާރުތަކުގައި ހުއްޓެވެ. ނަމަވެސް، މި ސަރުކާރު އައި ފަހުން ޕާސްޕޯޓް ދޫކުރުމުގެ މަރުޙަލާ އާއި އައިޑެންޓިޓީ ވެރިފިކޭޝަން ސިސްޓަމްތަކުގައި ހުރި ލޫޕްހޯލްތައް ބަލަން ފަށައި އެފަދަ ކަންކަން ރަނގަޅު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

އިންޑިއާގެ ނަމެއް ކިޔާ އިނގިރޭސިވިލާތަށް ހިޖުރަކޮށްގެން އުޅޭ ދިވެހި ޕާސްޕޯޓު ގެންގުޅޭ މީހާގެ ސީދާ ވަނަވަރެއް އަދި ނޭނގޭއިރު، މިފަދަ ގޮތަކަށް ދިވެހި ޕާސްޕޯޓް ގެންގުޅޭ އިތުރު ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެވެއެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުރީގެ ބައެއް ވެރިކަންތަކުގައި “އެފަދަ ޖަރީމާތައް” ވަނީ ހިންގާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%