ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަށް ސަމާލުވުން މުހިއްމު: ނައީބު ރައީސް

އައިޝަތު ޝިފްނާ ހުސައިން | 9 ދުވަސް ކުރިން - 6 އޯގަސްޓް 2025 19:23
ދިވެހި ރާއްޖޭގެ ނައީބު ރައީސް ހުސައިން މުހައްމަދު ލަތީފް.--- ފޮޓޯ: ދަ ޕްރެސް އެމްވީ
ދިވެހި ރާއްޖޭގެ ނައީބު ރައީސް ހުސައިން މުހައްމަދު ލަތީފް.--- ފޮޓޯ: ދަ ޕްރެސް އެމްވީ
ޚުލާސާ

ވަޒީފާގެ ބިރުވެއިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނައީބު ރައީސް ވިދާޅުވި.

އެކި ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކަށް ނިސްބަތްކޮށް ނައީބު ރައީސް (ހުސައިން މުހައްމަދު ލަތީފް) އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް ފަރާތްކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނެތް ވާހަކަތަކަށް ސަމާލުވުން މުހިންމުކަމަށެވެ.

ނައީބު ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ހަގީގަތާ އެއްގޮތަށް މައުލޫމާތު ހިއްސާކުރުމަކީ އެ ބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

އަދި ވަޒީފާގެ ބިރުވެއިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނައީބު ރައީސް ވިދާޅުވި އެވެ.

އިތުރަށް ނައީބު ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. މިއާއެކު ވަޒީފާގެ މާހައުލުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ނައީބު ރައީސް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%