Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
308 ދުވަސް ކުރިން - 6 އޯގަސްޓް 2025 16:14
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި "ރަންފަރު" މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައި.

އއ. މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އއ. އަތޮޅުގައި އޮންނަ "ރަންފަރު" ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ގަރާރު ނަންބަރު 20/2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފަ އެވެ.

Advertisement

Advertisement 1

އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. މާޅޮސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

23 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

2 ދުވަސް ކުރިން - 15:01