ކައުންސިލުން ބަޔާން ނެރެނީ އެމްޑީޕީ އިން ފައިސާ ދީގެން ކަމަށް ފަލާހް ވިދާޅުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 7 ދުވަސް ކުރިން - 6 އޯގަސްޓް 2025 15:24
ފޮޓޯ: ރައްޔިތުން މަޖިލިސް
ފޮޓޯ: ރައްޔިތުން މަޖިލިސް
ޚުލާސާ

މި ބިލް ކޮމިޓީ އިން ވަނީ އިއްޔަ ރޭ ފާސް ކޮށްފަ.

ކައުންސިލްތަކުނ ބަޔާން ނެރެނީ އެމްޑީޕީ އިން ފައިސާ ދީގެން ކަމަށް މެމްބަރު ފަލާހް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ 25 އަކަށް ކައުންސިލުން ގުޅުއްވާ އެމްޑީޕީ އިން ލާމަރުކަޒީ ބިލަށް ގެނައި އިސްލާހުތަކާ އިދިކޮޅަށް ބަޔާން ނެރުމަށް ފައިސާ ހުށަހަޅާކަމަށް ބުނާކަަށެވެ.

"އެމްޑީޕީގެ މަގްސަދަކީ ޕްރެޝާރ ކޮށްގެން، ސޯޝަލް މީޑިއާ ގައި ވާހަކަަ ދައްކައިގެން ފާޑު ފާޑު އެކި ބަޔާންތަށް ނެރުވައިގެން ލާމަރުކަޒީ ބިލަށް އޮތް އިސްލާހު ހުއްޓާލުން." ފަލާހު ވިދާޅުވި އެވެ.

އެގޮތަށް ޕްރެޝަރު ކޮށްގެން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ގެންނަ އިސްލާހުތަކާއި، ހަދާ ގާނޫނު ތަކަށް އެއްވެސް ބަދަލެއް މި ސަރުކާރުން ނުގެންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މި ސަރުކާރުން ސިޓީސް މިނިސްޓްރީ ހަދަން އުޅުނު އިރު މުޅި ރާއްޖެ ބަނގުރޫޓި ވީއޭ ކީނަމަވެސް، މިހާރު އެމްޑީޕީ އިން މިނިސްޓްރީ ހެދުމުން ތާއީދު ކުރާކަމަށެވެ.

އިތުރަށް ފަލާހު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދިވެހި ގައުމަށް ވަރަށް ބޮޑު ލާބަ އާއި މަންފާ ލިބިގެންދާނެ ކަމަށެވެ.

މި ބިލް ކޮމިޓީ އިން ވަނީ އިއްޔަ ރޭ ފާސް ކޮށްފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%