Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަތަންޔާހޫއާއި ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅޭތީ އެލާޓު ވެއްޖެ!

ނަތަންޔާހޫއާއި ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅޭތީ އެލާޓު ވެއްޖެ!

ޢަބްދުﷲ ޖުނައިދު
358 ދުވަސް ކުރިން - 6 އޯގަސްޓް 2025 13:43
ކުއްލި ޚަބަރު: ނަތަންޔާހޫއާއި ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅޭތީ އެލާޓު ވެއްޖެ!
ކުއްލި ޚަބަރު: ނަތަންޔާހޫއާއި ދެކޮޅަށް އަސްކަރީ ބަޣާވާތެއް ގެންނަން އުޅޭތީ އެލާޓު ވެއްޖެ!
ޚުލާސާ

އަސްކަރީ ބަޣާވާތަކުން ނަތަންޔާހޫގެ ވެރިކަން ވައްޓާލަން އިސްރާއީލުގެ އަސްކަރިއްޔާ ތެރެއިން އުޅޭތީވެ އެ މައްސަލަ މިހާރު ދަނީ ބަލަމުން.



ނަތަންޔާހޫ އައިޑީއެފްގެ އިސް ވެރިންނާއި މަޝްވަރާކުރަނީ: އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާތީވެ އެ ތަޙްޤީޤު މިހާރު ވަނީ ފަށާފަ. (ފައިލް ފޮޓޯ)

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލަން އަސްކަރިއްޔާގެ ތެރެއިން މަސައްކަތް ފަށައިފި ކަމަށް ނަތަންޔާހޫގެ ދަރިކަލުން ޔާއިރު ނަތަންޔާހޫ ބުނުމާއި އެކު އިސްރާއީލުގެ އަސްކަރިއްޔާގެ ތެރޭގައި ތަޙްޤީޤެއް ހިންގަން ފަށައިފިއެވެ.

Advertisement

Advertisement 1

ސޯޝަލް މީޑިއާގައި ޔާއިރު ތުހުމަތު ކުރި ގޮތުގައި ނަތަންޔާހޫގެ ވެރިކަން ވައްޓާލުމަށް ބަޣާވާތެއް ގެންނަން އުޅެނީ އައިޑީއެފްގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒާމިރު އިސްކޮށް ހުރެގެންނެވެ.

އޭނާ މި ތުހުމަތުތައް ކޮށްފައިވަނީ ޣައްޒާ ހިފަން ނަތަންޔާހޫ އަމުރުކުރުމުން އެކަމާއި ޖެނެރަލް ޒާމިރު އާއި ހައްދުފަހަނަ އެޅި މުޖުރިމު ނަތަންޔާހޫ އާއި ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ބަޣާވާތުން ނަތަންޔާހޫ ދުރުކޮށްލަން އުޅޭތީ އައިޑީއެފް ތެރޭގައި ދަނީ ތަޙްޤީޤެއް ހިންގަމުން / ފޮޓޯ: އައިޑީއެފް

ޖެނެރަލް އީޔަލް ޒާމިރު އައިޑީއެފްގެ އެ މަޤާމަށް އައްޔަންކުރީ ޑިފެންސް މިނިސްޓަރު ކަޓްޒްއެވެ. މަޢުލޫމާތު ލިބެމުންދާ ގޮތުގައި ނަތަންޔާހޫ ވަނީ ޑިފެންސް މިނިސްޓަރާއި ވެސް މިހާރު ބައްދަލު ކޮށްފައެވެ.

އައިޑީއެފް އިން މި ފަހުން ކުރި ހަނގުރާމަ ތަކުގައި އެންމެ އިސް ރޯލެއް ކުޅުނީ ވެސް ޒާމިރެވެ. ޣައްޒާ، ލުބުނާން، ސީރިއާ، އަދި އީރާނާއި ދެކޮޅަށް ހިންގި ޖަރީމާ ތަކުގައި ލީޑްކުރީ އޭނާ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު މައްސަލަ ހައްލު ކުރުމަށް ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކަޓްޒް ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުން ޢަމަލުކުރަމުންދާ ސިޔާސަތަކީ އެ ޤައުމުގެ އެތެރޭގައި ހިނގާ މިފަދަ ކަންކަން ސިއްރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރުމެވެ. އަސްކަރިއްޔާގެ ތެރޭގައި މައްސަލައެއް އުޅުނަސް، އަދި ހަނގުރާމައެއްގައި އިސްރާއީލަށް ލިބޭ ގެއްލުންތައް ވެސް އަބަދުވެސް އެމީހުން ސިއްރު ކުރެއެވެ.

އިސްރާއީލްކުއްލި ޚަބަރު
Advertisement
Advertisement

6 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

1 ދުވަސް ކުރިން - 06:15

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

2 ދުވަސް ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

3 ދުވަސް ކުރިން - 02:21

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

7 ދުވަސް ކުރިން - 20:16

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

9 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

11 ދުވަސް ކުރިން - 13:36