ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދާ 15 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ހިދުމަތުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ނައިފަރު މަގެއްގެމަތިން މިރޭގެ ވަގުތެއްގައި ވަނީ ފެނިފައިވާކަމަށެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 10:25 ހާއިރު މައިސަރާ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް އެއްވެސް ހަބަރެއް ލިބިފައެއް ނުވާކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.
އެހެންނަމަވެސް އޭގެ ތިން ދުވަސް ފަހުން މައިސަރާ ފެނިފައިވާއިރު އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް މައިސަރާ ގެއިން ނިކުމެގެން ދިޔަ ގޮތައް ހަބަރެއް ނުވުމުން ފުލުހުން ވަނީ އޭނާ ހޯދަން އިއުލާން ކޮށްފަ އެވެ. އެފަހަރު އޭނާ ފެނިފައިވަނީ ގެއްލުނުތާ ފަސް ދުވަސް ފަހުންނެވެ.