ނައިފަރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 74 ދުވަސް ކުރިން - 5 އޯގަސްޓް 2025 14:30
ގެއްލިގެން ހޯދަމުންދާ މައިސަރާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ގެއްލިގެން ހޯދަމުންދާ މައިސަރާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ޚުލާސާ

މައިސަރާ ގެއްލިފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަށްހާއިރު ކަމަށް އާއިލާއިން ވަނީ ބުނެފައި.

ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މައުލޫމާތު ފުލުހުން ވަނީ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ކުއްޖާއަކީ ޅ. ނައިފަރު / ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެވެ.

ފުލުހުން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި މައިސަރާ ގެއިން ނުކުމެގެން ގޮސްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަށްހާއިރު ކަމަށެވެ. އަދި އޭނާ ގެއިން ނުކުތް ފަހުން އާއިލާއަށް އެއްވެސް ހަބަރެއް ލިބިފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައިސަރާ ގެއިން ނުކުތްއިރު ލައިގެން ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ ސައިޑްޕޮކެޓް ޓްރެކް ބޮޓަމެއް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރިނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މައިސަރާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%