Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

މުހައްމަދު ޖަމްޝަތު
310 ދުވަސް ކުރިން - 5 އޯގަސްޓް 2025 13:29
އަބްދުލްޣަނީ މުހައްމަދު. އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި---
އަބްދުލްޣަނީ މުހައްމަދު. އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި---
ޚުލާސާ

ޣަނީ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ މަގާމަށް ޣަނީ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެ މަގާމަށް ޣަނީގެ އިތުރުން އިތުރު ދެބޭފުޅަކުވެސް ކުރިމަތިލެއްވިއެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Advertisement

Advertisement 1

ޖޭއެސްސީން ކުރިއަށްގެންދިޔަ އިންޓަވިއުތަކަށް ފަހުގައި މާކްސް ދީފައިވާ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް އަށް ލަފާއަރުވަން "ހައިލީ ރިކޮމެންޑެޑް" ވަނީ ލިބިވަޑައިގެންފައެވެ. އަދި އަބްދުﷲ އަށް "ރިކޮމެންޑެޑް" ލިބިވަޑައިގެންނެވި އިރު، ޝުޖާއު އަށް ލިބިވަޑައިގެންނެވީ ތިންވަނަ އެވެ.

ޣަނީ އަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ވަނީ ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަންވެސް ޣަނީ ކުރައްވާފައިވާއިރު މިވަގުތު އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ރައްޔިތުންގެ މަޖިލިސްޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

10 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50