Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލުކުރުމަށް އާ ޕްރައިޒް އިންޑެކްސް އެއް ތައާރަފުކުރަނީ

މުހައްމަދު ޖަމްޝަތު
445 ދުވަސް ކުރިން - 5 އޯގަސްޓް 2025 11:54
ލޯކަލް މާރުކޭޓު----
ލޯކަލް މާރުކޭޓު----
ޚުލާސާ

މި އާ ޕްރައިޒް އިންޑެކްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އާއްމުކުރާނެ.

ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަނެ، އެ ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފުކުރަން ސަރުކާރުން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިސަރުކާރު އައުމަށްފަހު ފާއިތުވެދިޔަ ދެ ރަމަޟާން މަހުވެސް އެސްޓީއޯއިން ބޮޑު ދައުރެއް އަދާކުރާގޮތަށް އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުގައި ކާބޯތަކެތި ލިބުނު ކަމަށާއި އެއީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް، ފަސޭހައިން ލިބޭ ގޮތް ހެދުމަށް އެޅި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ކަަމަށެވެ.

އަދި ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ ގޮތުން ތައާރަފުކުރާ އާ ޕްރައިޒް އިންޑެކްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އާއްމުކުރާނެ ކަމަށާއި މި އިންޑެކްސްގެ ތެރެއިން އެންމެ މުހިންމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement

Advertisement 1

"ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރީ. 162 އައިޓަމް ހިމަނައިގެން. އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި މި އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެ އެވެ. އަދި މި އާ އިންޑެކްސް އާއެކު ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ބައެއް ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަނެވޭއިރު މަސް ނިމުމުން އެ ތަކެތީގެ އަގުތައް އުފުލިފައިހުރި މިންވަރުވެސް ދެނެގަނެވޭ އެވެ.

ސައީދު ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގައި ވަށާ ޖެހޭ ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ހައްލުތައް ފެނިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލެ ސަރަޙައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

މާލެ ސަރަޙައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

8 ދުވަސް ކުރިން - 11:25

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

9 ދުވަސް ކުރިން - 13:57

"މާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިމޭނެ"

11 ދުވަސް ކުރިން - 12:21

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

11 ދުވަސް ކުރިން - 11:07

ޓްރާންޝިޕްމަންޓު ޕޯޓެއް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން: ސައީދު

ޓްރާންޝިޕްމަންޓު ޕޯޓެއް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުން: ސައީދު

11 ދުވަސް ކުރިން - 10:48

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

14 ދުވަސް ކުރިން - 19:33