މި ސަރުކާރުން ރަށްތަކުގެ ކައުންސިލަށް ލިބެން ޖެހޭ ބާރެއް ނިގުޅައެއް ނުގަންނާނެ: ޝުޖާއު

އައިޝަތު ޝިފްނާ ހުސައިން | 118 ދުވަސް ކުރިން - 4 އޯގަސްޓް 2025 15:28
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު.--ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު.--ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޚުލާސާ

"ޕީއެންސީއިން ﷲ ގެ ހެޔޮ ރަހުމަތުން ދިވެހި ރާއްޖޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނަން، ކާމިޔާބު ކުރާނަން." ޝުޖާއު ވިދާޅުވި

މި ސަރުކާރުން ރަށްތަކުގެ ކައުންސިލްއަށް ލިބިދޭ ބާރެއް ނިގުޅައެއްނުގަންނާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް، މަޖިލީހަށް ހުށަހެޅި ބިލާމެދު މިއަދު މަޖިލީހުގައި ވާހަކަދަށްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ މި ބިލަށް ތާއިދުކުރާކަމަށެވެ.

މެމްބަރު ވިދާޅުވީ މި ނިޒާމު އޭގެ ހަގީގީ މާނައިގައި ބާރުވެެރިކޮށްގެން އެންމެ ރަނގަޅަށް ހިންގަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގައިކަމަށެވެ. އަދި މި ނިޒާމަކީ އެމްޑީޕީއިން އުފަން ކުރި ނިޒާމެއްކަމުގައި ވިޔަސް، އެ ޕާޓީ އިން ނިޒާމު ހަރުދަނާ ކުރަން ކުރި އެއްވެސް ކަމެއް ފެންނަން ނެތްކަމަށެވެ.

ހާއްސަކޮށް އަތޮޅުތަކުގެ ކައުންސިލްގެ ވިސުނުމަށް ނުބައި ތަސައްވަރެއް ގެނައުމަށް އެމްޑީޕީ އިން މި އިސްލާހު ނުބައިކޮށް ތަރުޖަމާ ކުރުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި މި އިސްލާހާއެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބު ވެރިކަން ކުރާ ޕީއެންސީން ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ޕީއެންސީއިން ﷲ ގެ ހެޔޮ ރަހުމަތުން ދިވެހި ރާއްޖޭގެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުކޮށް ނަގާނަން، ކާމިޔާބު ކުރާނަން." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީއިން މި ގައުމުގައި ވެރިކަން ކުރި ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލްތަށް ޕީޕީއެމް އަށް ކާމިޔާބު ވުމުން، އެ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭންތަށް ހިފަހައްޓާފައި ހުރިކަން އިނގިގެން ދިޔަ ކަމަށާއި މާލެ އިން ކޮންމެ 24 ގަޑި އިރަކުން ސަރުކާރަށް ބިން ނަގަމުން ދިޔަ ދުވަސްތަކެއް ވެސް ތަޖުރިބާ ކުރެވުނުކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެއްވެސްބިމެއް ސަރުކާރަށް ނަގާފައިނުވާނެކަމާއި، ތަންމިނަށް ބާރުވެރިކަން ހުޅުވާލައިފައި ވާކަމަށް ޝުޖާއު ވިދާޅުވި އެވެ.





TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%