Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގާނޫނަށް ގެނެވޭ އިސްލާހުތައް އެއީ ގައުމާއި ރައްޔިތުންނަށް ފައިދާހުރި އިސްލާހުތަކެއްތޯ ބަލަންޖެހޭ: ފަލާހު

ގާނޫނަށް ގެނެވޭ އިސްލާހުތައް އެއީ ގައުމާއި ރައްޔިތުންނަށް ފައިދާހުރި އިސްލާހުތަކެއްތޯ ބަލަންޖެހޭ: ފަލާހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
305 ދުވަސް ކުރިން - 4 އޯގަސްޓް 2025 14:19
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އައު ގާނޫނުތަށް މަޖިލީހަށް ހުށަހަޅަން ވާނީ އިންތިހާބުތަކާއި ގުޅުވައިގެން ނޫންކަމަށް ފަލާހު ވިދާޅުވި

ގާނޫނަށް ގެނެވޭ އިސްލާހުތަކަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާހުރި އިސްލާހުތަކެއްތޯ ބަލަންޖެހޭކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މި ބީދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކަކީ ސިޔާސީ ނަޒަރަކުންނަށްވުރެ ބޮޑަށް އެ އިސްލާހުތަކަކީ ރައްޔިތުންނަށް އޭގެން ފައިދާހުރި ކަމެއްތޯ ބެލުން މުހިއްމުކަމަށް އޭނާގެ ވާހަކަފުޅުގައި ވަނީ އިތުރަށް ފާހަގަކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހު އިތުރަށް ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެއް ކަމުގައިވަނީނަމަ ހަތަރު އަހަރުދުވަހު މަސައްކަތްކުރުމަށްފަހު ބާކީ އެއް އަހަރަށް ވީމާ ކައުންސިލުގެ ބޮޑެތިކަންކަން ނިންމުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި މި އިސްލާހު ވެރިކަމުގެ ނިޒާމަށް ވެސް މިފަދަ ކަންކަން ނުކުރެވޭނެގޮތަށް ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

އެގޮތުން އެމްޑީޕީން ވެރިކަމުގައި އޮތް ދުވަސްވަރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ އެއްކަމަކީ އޭރުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ތެރެއިން ރިޔާސީ އިންތިހާބާއި ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ދައުލަތަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭވަރުގެ ބިންތަކެއް ހިލޭ ބަހާލިކަން ފާހަގަކުރައްވާފައިވެ އެވެ.

އައު ގާނޫނުތަށް މަޖިލީހަށް ހުށަހަޅަން ވާނީ އިންތިހާބުތަކާއި ގުޅުވައިގެން ނޫންކަމަށް ވެސް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސްމެމްބަރު އިބްރާހިމް ފަލާހް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

20 ގަޑިއިރު ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

4 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

5 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

5 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

6 ދުވަސް ކުރިން - 00:50

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

6 ދުވަސް ކުރިން - 18:38