Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލްތަކުގެ މާލީ ހަރަދުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި

ކައުންސިލްތަކުގެ މާލީ ހަރަދުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
391 ދުވަސް ކުރިން - 4 އޯގަސްޓް 2025 11:42
މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައްޔިތުންގެ މަޖިލިސް---
މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ރައްޔިތުންގެ މަޖިލިސް---
ޚުލާސާ

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހުގެ ބިލު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ގާނޫނު ނަމްބަރު 7/2010 އަށް އިސްލާހު ގެނައުމަށް މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން މި ބިލުގެ ދަށުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކިކަހަލަ ޝަރުތުތަކެއް ފުރިހަމަވާ މަސައްކަތްތަކެއް ކަމުގައި ވާންޖެހޭނެކަމަށް މިބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. ގާނޫނުގެ 70 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރަން ވަނީ ނިންމައިފަ އެވެ. އެއީ (ޅ) އަދި (ކ) އެވެ.

Advertisement

Advertisement 1

އެގޮތުން މި ގާނޫނުގެ 70 ވަނަ މާއްދާގެ (ޅ) އަށް އިތުރުކުރުމަށް ބިލުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  1. އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
  2. އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން.
  3. އެ މަސައްކަތުގެ އިންވެސްޓްމެންޓް އަދަދު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވުން

އަދި މި ގާނޫނުގެ 70 ވަނަ މާއްދާގެ (ކ) އަށް އިތުރުކުރުމަށް ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ގާނޫނަށް އިސްލާހު ގެނެސް މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންޖެހޭނެއެވެ.

މި ގާނޫނުގެ 75 ވަނަ މާއްދާގެ (ނ) ގެ ފަހަތަށްވެސް އަކުރެއް އިތުރުކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން މި މާއްދާގެ (ށ)ގެ (9) ވަނަ ނަމްބަރު އަދި (12) ވަނަ ނަމްބަރު މާއްދާގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ ކަމަށް މިބިލުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ގާނޫނުގެ 79 ވަނަ މާއްދާގެ (ނ) އިސްލާހުކުރަން ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން މި މާއްްދާގެ (ހ) ގެ (1) ވަނަ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަށްވާ ފައިސާއާއި، މި ގާނޫނުގެ 69-1 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ހިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދުކަމަށް މި ބިލުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުންވެސް މި ގާނޫނުގެ 100 އަދި 144 އަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މި ބިލުގައި ވަނީ ހިމަނާފަ އެވެ. މިއަދުގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރަން ވަނީ ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43