Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަށް ހަދަނީ

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަށް ހަދަނީ

އައިޝަތު ޝިފްނާ ހުސައިން
391 ދުވަސް ކުރިން - 4 އޯގަސްޓް 2025 11:02
މިދިޔަ މަހު މާލެ ބަސް ހުއްޓި ކައިރިނީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު. މި ހާދިސާގައި 16 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.--ފޮޓޯ:ހުލާސާ
މިދިޔަ މަހު މާލެ ބަސް ހުއްޓި ކައިރިނީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު. މި ހާދިސާގައި 16 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.--ފޮޓޯ:ހުލާސާ
ޚުލާސާ

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއް ކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް މަައްދާއެއް މި ބިލުން ތައާރަފް ކުރެވޭނެ ކަމަށް މީކާއިލް ވިދާޅުވި.

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަށް ހެދުމަށް އިސްލާހު ހުށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 9/2014 ގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފި އެވެ.

މީކާއިލް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ކުރިމަތި ވެދާނެ ކަމާއި މެދު ފަރުވާލެއް ނެތް ގޮތަކަށް ވެހިކަލް ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެގޮތަށް ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެއް ގޮތުގައި މި އިސްލާހުގެ ސަބަބުން ބަލާނެކަމަށެވެ.

Advertisement

Advertisement 1

އަދި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއް ކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް މަައްދާއެއް މި ބިލުން ތައާރަފް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީކާއިލް އިތުރަށް ކަންބޮޑުވުން ފާޅުކުރީ މިހާރު އޮންނަ ގޮތުން މީހަކަށް އަނިޔާއެއް ނުލިބޭނަމަ ނުވަތަ މަރުނުވާނަމަ ކުށެއްކަމަށް ނުބަލާ ކަމަށެވެ. ނަމަވެސް މި ބިލް ގެ ސަބަބުން މީހަކަށް އަނިޔާއެއް ވިޔަސް ނުވިޔަސް މީހުންގެ ފުރާނަ އަށް ނުރައްކާތެރި ވާގޮތަށް ދުއްވުމާއި، ނުބައި މަގުތަކުން ދުއްވުން ފަދަ ހުރިހާ ކަމަކަށްވެސް ވަކި އަދަބެއް ކަނޑައެޅިގެން ދާނެ ވިދާޅުވި އެވެ.

މީގެ އިތުރަށް މެމްބަރު ދިން ލަފައަކީ މި މައްސަލަތަކާއި މެދު ހޭލުންތެރިކުރުމަށް ކައުންސިލްތަކުގެ ބަޖެޓުން ވަކި ވަރެއް ކަނޑައަޅަން ޖެހޭކަމަށެވެ.

މި ބިލުގެ ދަށުން ގާނޫނުލް އުގުބާތުގައި ކުށެއް ގޮތުގައި އިތުރުކުރާ މާއްދާއަކީ ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ކުރިމަތި ވެދާނެ ކަމާއި މެދު ފަރުވާލެއް ނެތް ގޮތަކަށް ވެހިކަލް ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެގޮތަށް ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެވެ.

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ކަނޑައެޅުމުގައި ހިމަނާފައިވާ ބައެއް ކަންތައްތަކީ:

  1. އެ މީހެއްގެ ނަފްސުގެ ރައްކަލަށް ނުވަތަ މަގުތަކުގެ ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ބެލެހެއްޓުމެއްނެތި، ނުރައްކާތެރިކޮށް ދުއްވުމުގެ ގޮތުގައި ބެލެވޭނެ.
  2. ބާރަށް ދުއްވުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، ލައިސަންސް ނެތި ދުއްވުމާއި ގާނޫނާ ހިލާފު އެއްވެސް ގޮތަކަށް ދުއްވައިފިނަމަ އަދަބު ކަނޑައެޅުން.
  3. ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން ކަނޑައެޅިފައިވާ އެންމެ މަތީ ބާރުމިނަށްވުރެ ބާރަށް ދުއްވުން.

މި އިސްލާހުގެ ދަށުން ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ ކުށުގެ ދަރަޖައަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

3 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

3 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

3 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43