Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި

މުހައްމަދު ޖަމްޝަތު
401 ދުވަސް ކުރިން - 4 އޯގަސްޓް 2025 10:03
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު----ފޮޓޯ:އަވަސް
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު----ފޮޓޯ:އަވަސް
ޚުލާސާ

އެ މަގާމަށް ޣަނީ އައްޔަންކުރުން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފަ.

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅުއްވުމާ ގުޅިގެން އެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސް އަށް ލަފާދެއްވައިފައި ވާތީ އެމަނިކުފާނު ވަނީ ޣަނީ އައްޔަންކުރަން މަޖިލިހަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. ރައީސް ހުށަހެޅުއްވި ނަން މަޖިލިހަށް އިއްވެވުމަށް ފަހު، އެ ނަން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

އެ މަގާމަށް ޣަނީގެ އިތުރުން އިތުރު ދެބޭފުޅަކުވެސް ކުރިމަތިލެއްވިއެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Advertisement

Advertisement 1

ޖޭއެސްސީން ކުރިއަށްގެންދިޔަ އިންޓަވިއުތަކަށް ފަހުގައި މާކްސް ދީފައިވާ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް އަށް ލަފާއަރުވަން "ހައިލީ ރިކޮމެންޑެޑް" ވަނީ ލިބިވަޑައިގެންފައެވެ. އަދި އަބްދުﷲ އަށް "ރިކޮމެންޑެޑް" ލިބިވަޑައިގެންނެވި އިރު، ޝުޖާއު އަށް ލިބިވަޑައިގެންނެވީ ތިންވަނަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ޣަނީ އަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ވަނީ ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަންވެސް ޣަނީ ކުރައްވާފައިވާއިރު މިވަގުތު އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ޝުޖާއު އަކީ ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޯށް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުއެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އަބްދުﷲ އަކީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަންވެސް ކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43