ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ކީރިތި ގުރްއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސްގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ދެމުން ދިޔައީ 2،000 ރުފިޔާގެ އެލަވަންސް އެކެވެ. އެ އަދަދު ދެގުނަކޮށް މިހާރު ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ވުޒާރާއިން ބުނީ ހާފިޒުންނަށް އެލަވަންސް ބޮޑުކޮށް، މިއަދު ޖަމާކޮށްފައިވާ ކަމަށެވެ.
ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑު ކުރުމަށް ރައީސް ނިންމެވީ މިދިޔަ ޖޫން މަހުގެ 24 ގައެވެ.
"ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް." ރައީސް އޭރު ވިދާޅުވި އެވެ.









