Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޖާއު ވިޔަފާރި ކުރުމަކީ ކުށެއްތަ؟ ނޫނީ މިއުޅެނީ ހަޖަމުގެ މައްސަލައެއްތަ؟

ސުޖާއު ވިޔަފާރި ކުރުމަކީ ކުށެއްތަ؟ ނޫނީ މިއުޅެނީ ހަޖަމުގެ މައްސަލައެއްތަ؟

މުހައްމަދު ޖަމްޝަތު
348 ދުވަސް ކުރިން - 3 އޯގަސްޓް 2025 20:21
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު---ޚުލާސާ ގްރެފިކްސް
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު---ޚުލާސާ ގްރެފިކްސް
ޚުލާސާ

ސުޖާއުގެ ކުންފުނިން ފައިސާ ފޮނުވާފައިވަނީ މަނީ އެކްސްޗޭންޖިންގެ ލައިސަންސް އޮންނަ ކުންފުންޏެއް. އެބުނާ ރިޕޯޓެއް ނިންމައި ކަމާބެހޭ އިދާރަތަކަށް ހިއްސާ އެއް ނުކުރޭ.

ފާއިތުވި ދެދުވަހު މުޅި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކުންފުންޏަށް މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ވިޔަފާރިތަކަކާއި ގުޅުވައިގެން ސުޖާއު އަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށް ހަދާފައިވާ ރިޕޯޓެއްގެ ވާހަކަ އެވެ.

މިރިޕޯޓު ކިޔާލާ މީހަކަށް، ހަމަބުއްދިން ވިސްނާލުމުން އެނގޭނެ އެއް ކަމެއް އޮވެ އެވެ. ޝުޖާއު އުޅެނީ އެއްވެސް ހާލެއްގައި ވައްކަމެއް ކޮށްގެންނެއް ނޫނެވެ. ނުވަތަ މީހެއްގެ ހައްގަކަށް އަރައިގަނެގެން ސަލާމަތް ނުވެވިގެނެއް ނޫނެވެ. ނުވަތަ އެއްއެމްޕީއާރުސީ ދަވާލުންފަދަ ވައްކަމެއް ކޮށްގެނެއްވެސް ނޫނެވެ. ހަމަ އެކަނި ވެގެން އުޅޭ ގޮތަކީ ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް ކުންފުނިން އެކި ފަހަރުމަތިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ދައްކާފާވުމެވެ.

އޮފިޝަލް އިވެންޓްސް ކުންފުންޏަކީ ދިވެހިރާއްޖޭގައި މިވަގުތު އެންމެ ފުރިހަމައަށް އިވެންޓުތަށް ހަދާ އެއް ކުންފުނިކަން މި ދާއިރާގައި އުޅޭ ކޮންމެ މީހަކުވެސް ގަބޫލުކުރެއެވެ. ސަބަބަކީ އޮފިޝަލް އިވެންޓްސްއަކީ ކިތަންމެ ކުއްލި ގޮތަކަށްވެސް ޕްރޮޖެކްޓެއް ހިންގަން ޖެހިއްޖެނަމަ އެއްވެސް‏ ޖެހިލުމެއްނެތި އެ ޕްރެޖެކްޓަކަށް ކުރިމަތިލައި ފުރިހަމައަށް މަސައްކަތް ނިންމާ ކުންފުންޏެކެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ވެރިކަމެއް އޮތަސް މިކުންފުނީގެ ބޭނުން ހިފަން މަޖުބޫރުވަނީ އެވެ. މީކީ އެއްވެސް ހާލެއްގެ އިބްރާހިމް ޝުޖާއު ރޮކެޓް ސައިންސް ހަދައިގެން ހިންގާ ކަމެއް ނޫނެވެ.

Advertisement

Advertisement 1

ދެން އޮތީ މަރުކަޒީ ބޭންކުގެ ފިނޭންޝަލް އިންޓެލިޖެންސް ރިޕޯޓުގެ ވާހަކެވެ. މާޒީގައި ކަންކަން ހިނގާފައިވާގޮތަށް ބަލާއިރު އިންޓެލިޖެންސް ރިޕޯޓަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް އެއްވެސް އަސާސެއް ނެތަސް މަދު ބަޔަކު ރާވައިލައިގެން ބޭނުން ގޮތަކަށް ފަރުމާކޮށް ހެދޭ އެއްޗެއްކަން ގަބޫލުކުރާ ދިވެހީން މަދެއް ނުވާނެ އެވެ. ގިނަ ފަހަރު ފުލުހުންގެ އިދާރާއިންވެސް މީހަކު ބަންދުގައި ބަހައްޓަން ބޭނުންވެއްޖެނެމަ އެއްވެސް ހެއްކެއް އަސާސެއްނެތި އެމީހަކީ މުޖުތަމައުއަށް ނުރައްކާތެރި މީހެއް ކަމަށް ފްރޭމްކޮށް އިންޓެލިޖެންސް ރިޕޯޓް ހަދާ ބަންދުގައި ބެހެއްޓުމަށް ކޯޓުތަކަށް ހުށައަޅައި މީހުން ބަންދުކުރާކަމީ އެންމެންނަށް އިނގޭ ބޮޑެތި ސިއްރުތަކެވެ.

ހަމަ އެފަދައިން މިއަދު އޮފިޝަލް އިވެންޓްސް އިން ކޮށްފައިވާ ވިޔަފާރިތަކަކީ މަނީލޯންޑަރިންގެ ކުށްތަކަށް އަރައިގަތުން ކަމަށް ސިފަކޮށް ބޮޑު އިންޓެލިޖެންސް ރިޕޯޓެއް ނެރެފައިވާއިރު މި ރިޕޯޓަކީ އެމްޑީޕީގެ ސަރުކާރު ރިޔާސީ އިންތިހާބުން ބަލިވެ، ޕީއެންސީން ވެރިކަމާއި ހަވާލުވުމާއި ދޭތެރޭ ހިނގި ޓްރާންސިޝަނަލް ޕީރިއަޑްގެ ރިޕޯޓެއްކަން ހާމަވެ އެވެ.

އަދި އެންމެ ހައިރާންވާން ޖެހޭ ކަމަކީ މިފަދަ ނުރައްކާތެރި ތުހުމަތުތަކެއްކޮށް ރިޕޯޓެއް ހަދާފައި މިއިން އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅަން އެއްވެސް އިދާރާއަކަށް ނުފޮނުވާ އޮތުމެވެ. އަދި ކުންފުންޏަށްވެސް މިއިން ކަމެއް އެނގިފައި ނެތުމުވެ. މީގެ އިތުރުން މިހާ ނުރައްކާތެރި ކަމެއް ނަމަ މި ވިޔަފާރިތަށް ނުހުއްޓުވޭނީ ކޮންމެސް މައްސަލައެއް ރިޕޯޓުގައި އުޅޭތީ ނޫންތޯއެވެ؟

އެ ބުނާ ރިޕޯޓު ބުނާގޮތުން ޑޮލަރު ގަތުމަށް ފައިސާ ފޮނުވާފައިވާ ކުންފުންޏަކީ ހަމަ ރިޕޯޓު ހެދި އެމްއެމްއޭ އިން މަނީ އެކްސްޗޭންޖް ލައިސަންސް ދީފައިވާ ކުންފުންޏެކެވެ. އެއްއެމްއޭ އިން އެއްވެސް އިރަކު އެކުންފުންޏާއި މުއާމަލާތް ނުކުރުމަށް އެއްވެސް ބަޔާނެއް ނެރެފައިވާތަނެއް ފެންނާކަށް ނެތެވެ. ކަން މިހެން އޮތްއިރު ބުރަމަސައްކަތުން ހޯދާ ފައިސާއިން އެމީހަކު ހިތް ރުހޭ ގޮތަކަށް ހަރަދު ކޮށްގެން އެއްމެމްއޭއިން ކަންބޮޑުވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ.

މިއަދުގެ ހަގީގަތަކީ މީހެއްގެ އަގު ވައްޓާލަން ފަރުދާގެ ފުރަގަހުގައި ތިބެގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހުން އުޅޭކަމެވެ. މިކަން ކުރަނީ އެކި މަގުސަދުތަކުގަ އެވެ. ސިޔާސީ ގޮތުންނާއި ވިޔާފާރީގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން މިގޮތަށް މީހުންނަށް އަނިޔާ ދިނުން ހުއްޓުވެން ޖެހެއެވެ. ކޮންމެ މީހަކަށްވެސް މިކަމުގެ ރަހަ ލަނީ އެމީހާގެ ވާހަކަ ގޮވާ ދުވަހު އެވެ. އެހެން ނޫނީ ހުންނަނީ އެވާހަކަތަކުގެ ބައިވެރިއަކަށް ވެވިފަ އެވެ. މިއީ އަޅުގަނޑުމެންތެރޭގައި އަށަގަނެފައިވާ ނުރައްކާތެރި ސިފައެއްކަން ގަބޫލުކުރަން ހެއްޔެވެ؟

މެންބަރު އިބްރާހިމް ޝުޖާއު
Ad
Ad

7 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙުށޭނު

346 ދުވަސް ކުރިން - 01:28

ކޮބާ ކިހާ ވަރަކަށް ތި ޚަބަރު ތި ޖަހާދިނީ؟ ޝުޖާ ވިޔަފާރި ކުރުމެއްނޫން މައްސަލަ އަކީ.. އިންޑިއާ ފިލްމުތަކުގަ ވާހެން ބިޑު ހިނގަ ހިނގާ އޮއްވާ ގައްބަރު ވައްޓާލާ ގޮތަށް "އޭކް ދޯ ތީން" ކިޔާފަ ބިޑު އަމިއްލަ ނަންމައްޗައް ގެންނަ ފަދައިން މީނާ އުޅޭތީ! ޚޮންމެ ތަނަކަށް ނުޙައްޤުން ބޯ ކޮށްޕާތީ! އެއީ މައްސަލަ އަކީ! ވިޔަފާރި ކުރަންޏާ ވިޔަފާރި ކުރޭ.. މީހުން ރުޅިއަރުވަންޏާ އާޚިރުގަ ބޭލޭނެ ސޯޓު! ޚުލާސާ ޚަބަރު ހިންގަނީ ލޭ ހޫނު ޒުވާނުން.. މޮޅެތި ކުދިން! ކްރިއޭޓިވް ކުދިން.. މިކަހަލަ ގަމާރު ތަންތާ ބޯ ނުތަޅާ ކުދިންނޭ! ފޭމް ޓީއާރޕީ އެއް ނޫން މީހުންގެ ނަފްރަތު ލިބޭނީ އާޚިރުގަ!!

ގުޅޭ ޚަބަރުތައް

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

30 ދުވަސް ކުރިން - 09:19

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

48 ދުވަސް ކުރިން - 00:50

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

"ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ޖަމީލެއް ނުހުންނާނެ"

56 ދުވަސް ކުރިން - 23:56

އެމްޑީޕީން އިހުސާނަށް ރުހުން ދިނުމުން ދޭހަވަނީ ގައުމުގެ ހަމަޖެހުމަށް ސަރުކާރުން ކުރާ މަސައްކަތް ބަލައިގެންފިކަން: ޝުޖާއު

"ހަމަޖެހުމަށް ސަރުކާރުން ކުރާ މަސައްކަތް އެމްޑީޕީން ބަލައިގެންފި"

78 ދުވަސް ކުރިން - 18:05

މިރެއަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު އަނެއްކާވެސް ގުރުބާންވެވަޑައިގެންނެވި ރެޔެއް: ޝުޖާއު

"މިރެއަކީ ރައްޔިތުންގެ ހައްގުގައި ރައީސް ގުރުބާންވެވަޑައިގެންނެވި ރެޔެއް"

85 ދުވަސް ކުރިން - 00:23

އެމްޑީޕީން މުޒާހަރާ ކުރަނީ އިންތިހާބަށް ފޮޓޯ ހޯދަން: ޝުޖާއު

އެމްޑީޕީން މުޒާހަރާ ކުރަނީ އިންތިހާބަށް ފޮޓޯ ހޯދަން:

89 ދުވަސް ކުރިން - 17:13