Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިރެއަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު އަނެއްކާވެސް ގުރުބާންވެވަޑައިގެންނެވި ރެޔެއް: ޝުޖާއު

މިރެއަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު އަނެއްކާވެސް ގުރުބާންވެވަޑައިގެންނެވި ރެޔެއް: ޝުޖާއު

އައިޝަތު ރުވާ ރިފްޢަތު
128 ދުވަސް ކުރިން - 24 އޭޕްރިލް 2026 00:23
ބާރަށު ދާއިރާގެ މެމްބަރު ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ބާރަށު ދާއިރާގެ މެމްބަރު ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ޚުލާސާ

މިމަހުގެ 2 ވަނަ ދުވަހު 525 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާފައިވާއިރު މިރޭ ދެއްކި 400 މިލިއަން ޑޮލަރާއެކު މިމަސްތެރޭ އިންޑިއާއަށް 925 މިލިއަން ޑޮލަރު ދައްކައިފި.

މިރެއަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އަނެއްކާވެސް ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ރެޔެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. މިއީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫއިން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެކެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 400 މިލިއަން ޑޮލަރު މިރޭ ދައްކާފައިވާ ކަމަށެވެ. އަދި މި ހިނގާ މަސްތެރޭގައި ދިވެހި ރައްޔިތުންނަށްޓަކައި ގައުމަށް ލިބުނު ފައިސާގެ ތެރެއިން ޖުމްލަ 925 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންޑިއާއަށް ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖޭގެ މާލީ ތާރީހަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ، މި މަހުގެ 2 ވަނަ ދުވަހު 525 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ލޯނު ފައިސާ ދައްކަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހުރިހާ ލޯނުތަކަކީވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރާއި އޭގެ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަންޏެވެ.

ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުގެންދެވި އޮތް ސަބަބަކީ މި ދަރަނިތައް ކަމަށް ޝުޖާއު ވިދާޅުވިއެވެ. "ނިމިދިޔަ ދެ އަހަރު ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރެއްވީ އެމްޑީޕީ ސަރުކާރުން ނެންގެވި ލޯނުތައް ދެއްކުމުގައި،" ޝުޖާއު ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު އެމްޑީޕީން މި ދަރަޖައަށް ވައްޓާލުމުން އެކަމުގެ ހިތާމަ ފާޅުކުރައްވަމުން ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ރަށްރަށުގައި އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ބަދަލެއް މި ގައުމަށް މިހާރު ބޭނުން ނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ "ދިވެހީންގެ ރާއްޖެ" އަމާން އައްސޭރިއަކަށް ގެންގޮސް، މި ގައުމުގައި ހިތްހަމަޖެހުމާއެކު ދިރިއުޅެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެންބަރު އިބްރާހިމް ޝުޖާއުޕީއެންސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

11 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

18 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02