ހައުސިންގ ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއް ނުލާ: އެފްޑީސީ

އަައިޝަތު ޒީނާ | 77 ދުވަސް ކުރިން - 3 އޯގަސްޓް 2025 16:52
4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. / ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ޚުލާސާ

4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާ ކަމަށް އެފްޑީސީން ބުނި.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާނުލާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން މިފަދައިން ބުނެފައިވަނީ ހައުސިން ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލެވިފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައި ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީން ބުނީ، މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައިވާއިރު އެ އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އެފްޑީސީން އަންގަމުން އަންނަ ކަމަށެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް އެފްޑީސީން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފްޑީސީން ބުންޏެވެ.

4،000 ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 ޔުނިޓާއި، ދެ ކޮޓަރީގެ 1،200 ހައުސިން ޔުނިޓެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ވާހިދު

76 ދުވަސް ކުރިން - 12:34

ސޮއިކުރުން މަޑުޖައްސާލަން އެނގީކީއްވެހޭ. ކިހާވަރަކަށް ވަނީމަތޯ އަތްބޭނިކަމަށްވަނީ. ؟