ވ. ދިއްގިރީގެ 1.4 ނޯޓިކަލް މޭލު އުތުރުން، މުދާ އުފުލާ ދޯންޏެއް ފަރަށްއަރައި، އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އަރާފައިވާ އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާދަނީ ވ. އަތޮޅު ތެރެއިން ދެކުނަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވަނީ ވ. ދިއްގިރި ކަނޑުއޮޅިން ވަދެނުކުމެ އުޅޭ ފަރާތްތަކާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށެވެ. އަދި، ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.