Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޝަހީދުގެ ނަން އަނބުރާ ނަގައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޝަހީދުގެ ނަން އަނބުރާ ނަގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
312 ދުވަސް ކުރިން - 3 އޯގަސްޓް 2025 14:02
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޝަހީދު---
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޝަހީދު---
ޚުލާސާ

އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޝަހީދު، އޭނާގެ ނަން އަނބުރާ ނަގައިފި.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ނަގައިފި އެވެ.

ޝަހީދު އޭނާގެ ނަން އަނބުރާ ގެންގޮސްފައި މިވަނީ އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަން ކުރަން ހުއްޓުވުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކުރިން ޕީޖީ އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށްވާ އަހުމަދު ނައުޝާދު އެވެ.

ސިވިލް ކޯޓުން އެ މައްސަލަ މިހާރު ބަލައިގަނެފައިވާ އިރު، ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރާ ރަސްމިއްޔާތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

Advertisement

Advertisement 1

ފާހަގަކޮށްލަންޖެހޭ ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ ދެބޭފުޅުންނަކީ ޢަބްދުﷲ ޖަމީލް މޫސާ އަދި މުޙައްމަދު ޝަހީދު އެވެ. އެ ދެބޭފުޅުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު ޖޭއެސްސީގެ 27 ވަނަ ބައްދަލުވުމުގަ އެވެ.

ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ކުރިން ހުރީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ހައި ކޯޓުސިވިލް ކޯޓްޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Ad
Ad

ގުޅޭ ޚަބަރުތައް

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް ކޯޓުން އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

16 ދުވަސް ކުރިން - 13:18

91 އަހަރުގެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ކޮށްފި

ނުވަދިހައެއްއަހަރުގެ މީހަކު ބަންދުގައިބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

29 ދުވަސް ކުރިން - 14:42

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

51 ދުވަސް ކުރިން - 21:00

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

76 ދުވަސް ކުރިން - 20:04

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ކޯޓުން ކަނޑައަޅައިފި

101 ދުވަސް ކުރިން - 17:01

ޑީއާރުޕީން އާމިރަށް ދައްކަންޖެހޭ 4 މިލިއަން ރުފިޔާ ދެއްކުމަށް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

4މިލިއަން ރުފިޔާ ދެއްކުމަށް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

107 ދުވަސް ކުރިން - 21:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%