Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފި

އަައިޝަތު ޒީނާ
312 ދުވަސް ކުރިން - 2 އޯގަސްޓް 2025 22:45
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު. / ފޮޓޯ: ސަން
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު. / ފޮޓޯ: ސަން
ޚުލާސާ

މައުލޫމާތު ލިބޭ ގޮތުގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީގެ ލަފާ މާދަމާ ރައީސް އަށް ފޮނުއްވާނެ.

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެފަދައިން ނިންމާފައިވަނީ މިއަދު ކުރިއަށްގެންދިޔަ އިންޓަވިއުތަކަށް ފަހުގައެވެ.

އެ މަގާމަށް އިތުރު ދެބޭފުޅަކުވެސް ކުރިމަތިލެއްވިއެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Advertisement

Advertisement 1

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރުން މާކްސް ދެއްވާފައިވާ ގޮތުން އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް އަށް ލަފާއަރުވަން "ހައިލީ ރިކޮމެންޑެޑް" ވަނީ ލިބިވަޑައިގެންފައެވެ. އަދި އަބްދުﷲ އަށް "ރިކޮމެންޑެޑް" ލިބިވަޑައިގެންނެވި އިރު، ޝުޖާއު އަށް ލިބިވަޑައިގެންނެވީ ތިންވަނަ އެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. މަޖިލީހަށް ނަންތައް ފޮނުއްވާއިރު ރައީސް އިސްކަންދެއްވާ ތަރުތީބު އޮންނާނީ ކަނޑައަޅާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީގެ ލަފާ މާދަމާ ރައީސް އަށް ފޮނުއްވާނެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސް ފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ވަނީ ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަންވެސް ޣަނީ ކުރައްވާފައިވާއިރު މިވަގުތު އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ޝުޖާއު އަކީ ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޯށް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުއެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އަބްދުﷲ އަކީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަންވެސް ކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ސުޕްރީމް ކޯޓުރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

22 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

2 ދުވަސް ކުރިން - 15:01