މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެ: އެމްޕީއެލް

އައިޝަތު ޝިފްނާ ހުސައިން | 13 ދުވަސް ކުރިން - 2 އޯގަސްޓް 2025 20:39
މާލޭގެ މަލަމަތި.--ފޮޓޯ:އެމްޕީއެލް
މާލޭގެ މަލަމަތި.--ފޮޓޯ:އެމްޕީއެލް
ޚުލާސާ

މި ގެނެވޭ ބަދަލުތަކާއި އެކު ކުރިއަށް ވުރެ ފަސޭހަވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވި.

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މިއަދު އެމްޕީއެލް އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް އެ ކުންފުނިިން ނަގަން ނިންމާފައިނުވާކަމަށެވެ. އަދި ނޯތު ޕޯޓުގެ ސަރަހައްދަށް އިތުރުކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތްތަށް މިހާރު ދަނީ ކުރަމުން ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމާއި، އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެކަމުގެ މަގުފަހިކަން ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރި އެވެ.

އަދި އެ ގެނެވޭ ބަދަލުތަކާއެކު އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، އެ ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެކަމަށްވެސް އެ ޕޯސްޓުގައި ބުންޏެވެ.

"މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަން". ޑީ.ސީ.ޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން، އެމްޕީއެލްގެ ސީ.އީ.އޯ ވިދާޅުވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%