Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިޔާގެ ބިލިއަން ޑޮލަރުގެ މާކެޓް އެމެރިކާގެ މުށުތެރެއަށް ދަމައިގެންފި

ރަޝިޔާގެ ބިލިއަން ޑޮލަރުގެ މާކެޓް އެމެރިކާގެ މުށުތެރެއަށް ދަމައިގެންފި

ޢަބްދުﷲ ޖުނައިދު
403 ދުވަސް ކުރިން - 2 އޯގަސްޓް 2025 15:54
އެމެރިކާ އާއި ޔޫރަޕަށް ރަޝިއާ އިނދަޖައްސައިލެވޭނެ ހެއްޔެވެ؟
އެމެރިކާ އާއި ޔޫރަޕަށް ރަޝިއާ އިނދަޖައްސައިލެވޭނެ ހެއްޔެވެ؟
ޚުލާސާ

ސޯވިއެޓް ޒަމާނުއްސުރެ ރަޝިއާއިން ޔޫރަޕަށް ފޯރުކޮށްދެމުން ގެންދިޔަ ޣުދުރަތީ ހަކަތައިގެ ބިލިއަން ޑޮލަރުގެ މާކެޓް، 27 ޖުލައި 2025 ގައި ރަސްމީކޮށް ރަޝިއާ އަތުން އެމެރިކާ އަތުލައިގެންފި.

ޖޯ-ބައިޑަންގެ ވެރިކަމުގައި އެމެރިކާ އަޑީގައި އޮވެގެން ނޭޓޯ މެދުވެރިކޮށް ފަހަރަކު ކުޅިއެއް ކުރިޔަށް ޖައްސަމުންޖައްސަމުން ގޮސް ޖިއޯޕޮލިޓިކަލް އަދި އިޤްތިޞާދީ ގޮތުން ބޮޑު ބަދަލެއް އައިސްފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ސަޕްލަޔަރުގެ ގޮތުގައި ސޯވިއެޓް ޒަމާނުއްސުރެ އޮތް ރަޝިއާ އަތުން ކާޅެއް އައިސް ޖަހާހެން އެމެރިކާ ވަނީ ޖަހައިގަނެފައެވެ. އެމެރިކާ އިން މިހާރު މި ވަނީ އެ މާކެޓުގައި ރަސްމީކޮށް ސޮއި ވެސް ކޮށް، ރަޝިޔާ ފަހަތަށް ޖައްސާފަ އެވެ. އެއީ ހުސްވި ޖުލައި 27 ވަނަ ދުވަހު ޓްރަމްޕާއި އެކު ވެވުނު އެއްބަސްވުމެއްގައެވެ.

1960 ގެ އަހަރުތަކުގެ ކުރީކޮޅު ސޯވިއެޓް ޒަމާނުއްސުރެ، ރަޝިއާއިން ހުޅަނގު ޔޫރަޕަށް ފޯރުކޮށްދޭން ފެށި ގުދުރަތީ ހަކަތަ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ވެއްޓުމަށްފަހު މާ ފުޅާކޮށް ސަޕްލައި ކުރަމުން އައިސް މިއަދު ރަޝިއާގެ އަތުން އެމެރިކާ މި މާކެޓު ނެގުމާއި އެކު ރަޝިއާގެ އިޤްތިޞާދަށް ވަންނަން ޖެހޭ ޑޮލަރު ދެން ވަންނާނީ އެމެރިކާ އަށެވެ. މިއާއި އެކު 60 އާއި 80 ބިލިއަނާއި ދޭތެރޭގެ ޢަދަދަކަށް ކޮންމެ އަހަރަކު އެމެރިކާ އަށް އީޔޫ އަށް ހަކަތަ ފޯރުކޮށްދީގެން ލިބޭނެއެވެ.

Advertisement

Advertisement 1

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ އާއި ރައީސް ޓްރަމްޕް 27 ޖުލައި 2025 ގައި ޔޫރަޕަށް ހަކަތަ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން / ފޮޓޯ: ރޮއިޓާސް.

ރަޝިއާ އަށް ލިބުނު މި ގެއްލުމާއި އެކު ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވިދާޅުވީ ތިމަންނާމެން ފޯރުކޮށްދިންހާ ހެޔޮ އަގުގައި (އަހަރަކު 30-40 ބިލިއަން ޑޮލަރަށް) ހަކަތަ ހޯދުމުގެ ބަދަލުގައި ޔޫރަޕުން އިޚްތިޔާރުކުރީ އެމެރިކާ ކަމަށާއި، އެހެންނަމަވެސް ރަޝިއާ އަކަށް މިކަމުން ގެއްލުމެއް ނެތް ކަމަށެވެ. ސަބަބަކީ، ދެން އެ ޤައުމުން އަމާޒު ހިފާނީ އޭޝިއާ އަށް ކަމަށް ވާތީއެވެ. ޚާއްޞަކޮށް ޗައިނާ އާއި އިންޑިއާ އަށެވެ. އެއާއި އެކު ރަޝިޔާއަށް އަހަރަކު ގާތްގަނޑަކަށް 15 އާއި 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިދާނެ ކަމަށް މުޙައްލިލުން ބުނެއެވެ. މިއީ ޔޫރަޕްގެ މާކެޓުން ލިބޭ ޢާމްދަނީ އަށް ވުރެ 10 ބިލިއަން ޑޮލަރުގެ މަދު ޢަދަދެކެވެ.

ޔޫކްރޭނަށް ރަޝިއާއިން އަރައިގަތުމާއި އެކު ރަޝިޔާގެ އިޤްތިޞާދު ފުނޑާލުމަށް އެމެރިކާއާއި މުޅި ޔޫރަޕުން ލޮލުފިޔަ ނުޖަހައި މަސައްކަތް ކުރިއެވެ. އެމެރިކާ އިން ރަޝިއާގެ 100 ބިލިއަން ޑޮލަރު ހިފެހެއްޓިއިރު ޔޫރަޕުން 200 ބިލިއަން ޑޮލަރު ހިފެހެއްޓިއެވެ. މި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކު ވެސް، ރަޝިއާ އިނދަޖައްސާލެވޭ ވަރެއް އެ މީހުންނަކަށް ނުކުރެވުނެވެ. ނަތީޖާ އެނބުރުނީ ހީކުރި ގޮތާއި ޚިލާފަށެވެ. ޔޫރަޕްގެ އިންފްލޭޝަން %8-9 އަށް އަރައިގެން ދިޔައެވެ. މިއަދާއި ހަމަޔަށް އައިއިރު، އީޔޫގެ އިންފްލޭޝަން އަދިވެސް އޮތީ %10-12 އާއި ދެމެދުގައެވެ. ސުވާލަކީ އެމެރިކާ އާއި ޔޫރަޕަށް ރަޝިއާ އިނދަޖައްސައިލެވޭނެ ހެއްޔެވެ؟

އީޔޫރަޝިއާ - ޔުކްރޭންރަޝިއާއެމެރިކާޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47