ދުންފަތުގެ ބާވަތްތަށް ވިއްކުމަށް 200 އަށް ވުރެ ގިނަ ލައިސަންސު

އައިޝަތު ޝިފްނާ ހުސައިން | 120 ދުވަސް ކުރިން - 2 އޯގަސްޓް 2025 11:57
ފޮޓޯ:ސީއެންއެމް
ފޮޓޯ:ސީއެންއެމް
ޚުލާސާ

ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ނަމަ 1000ރ _ 1000،000ރ އާ ދެމެދުގެ ޖޫރިމަނާ ކުރާނެ.

ދުންފަތުގެ ބާވަތްތަށް ވިއްކުމަށް މިހާތަަނަށް 200 އަށްވުރެ ގިނަ ލައިސަންސް މިހާތަނަށް ދޫކޮށްފި އެވެ.

މިދިޔަ އަހަރު ދުންފަތް ކޮންޓްރޯލް ކުރުމަށް ގެނައި އެއްވަނަ އިސްލާހާ ގުޅިގެން، ދުންފަތުގެ ބާވަތް ވިއްކުމަށް އެކަމަށް ހާއްސަ ހުއްދައެއް ނެގުން ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެ ހުއްދަ ނެގުމަށް ހެލްތު މިނިސްޓްރީއިން މިދިޔަ އޭޕްރިލް މަހު އިއުލާންކޮށް، ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އެޗްޕީއޭއިން ހިއްސާ ކުރި މައުލޫމާތުގައި ބުނީ މިދިޔަ މަހުގެ 17 ގައި އެ މުއްދަތު އެ ހަމަވިއިރު ކެފޭ/ރެސްޓޯރަންޓު ހިމެނޭ ގޮތަށް ދުންފަތުގެ ލައިސަންސަށް 767 ފަރާތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައިވާކަމަށް ބުންޏެވެ.

މީގެ އިތުރުން ބުނީ 244 ފޯމެއް، އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަ ނުވާތީ ކެންސަލްކޮށްލިކަމަށެވެ. އަދި 177 އިސްލާހުކުރަން ޖެހޭ ފޯމުތަށް ހުރުމުން މި ވަގުތު ހިފަހައްޓާފައިވާ ކަަމަށް ބުންޏެވެ.

ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ނަމަ 1000ރ _ 1000،000ރ އާ ދެމެދުގެ ޖޫރިމަނާ ކުރާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%