އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 1:30 ކައްހާއިރު މާލެ ޗާންދަނީ މަގުގައި ހުންނަ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ މ. ސްޓާ،މާލެ، މުހައްމަދު ރަޒީން (49އ) އެވެ.
ހަރުގެ އަށް ގެއްލުންދީފައިވަނީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި "ރަން ރީނދޫ" ދުވުމުގެ ހަރަކާތްބޭއްވުމުން ކަމަށް އެމްޑީޕީ ހޯރަފުށި ދާއިރާގެ ނައީބު ރައީސް ހުސައިން ޝާފިއު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.