ރަޝިއާ އަށް ބިރު ދެއްކުމުގެ ގޮތުން އެ ޤައުމުގެ ކައިރިއަށް ނިއުކްލިއާ ދެ ސަބްމެރީން ފޮނުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކު ނިންމައިފިއެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ޔުކްރޭނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމްމަން ޖެހޭނެ ކަމަށް އިންޒާރު ވެސް ދެއްވާފައެވެ.
ނަމަވެސް ރަޝިއާއިން ބުނީ، ގޮތް ނިންމާނީ ރަޝިއާއިން ކަމަށާއި، ޔުކްރޭނަށް ދެމުންދާ ޙަމަލާ ތަކަކީ ރަޝިއާގެ ސަލާމަތާއި ގުޅިފައިވާ ކަމެއް ކަމަށް ވާތީ އެއީ އެހެން އެއްވެސް ޤައުމަކާއި ބެހެވޭނެ ކަމެއް ނޫނެވެ. އަދި ރަޝިއާއިން ބޭނުން ވަނީ ޞުލްޙަވެރި ކަމާއި އެކު ރަޝިއާގެ ބަސް އަހާ، ރަޝިއާގެ ސަލާމަތަށް ނުރައްކާ ނުވާ ޤައުމެއްގެ ގޮތުގައި ޔުކްރޭނު ދެމިއޮތުމަށެވެ..
އެމެރިކާއިން ރަޝިއާ އަށް ބިރު ދައްކާއިރު، ރަޝިއާ އަކީ ވެސް ދުނިޔޭގެ އެންމެ ބާރުގަދަ އެއް ކަނޑުގެ ނިއުކްލިއާ ބާރެވެ. ރަޝިއާ ގައި ވަރަށް ބޮޑު ނިއުކްލިއާ ސަބްމެރީންގެ ފުލެމީޓެއް އޮވެއެވެ. އެ މީހުންގެ ކަނޑުގެ ސިފައިންގެ އުތުރު އަދި ޕެސިފިކް ފްލީޓްތަކުން ހިންގާ މި ސަބްމެރިންތަކުގެ ތެރޭގައި ދުނިޔޭގެ ކޮންމެ އަމާޒަކަށް ހަމަލާދޭ ނިއުކްލިއާ ޓިޕްޑް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ގެންގުޅޭ ޚާއްޞަ ސަބްމެރިންތަކެއް ހުރެއެވެ.
ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން ރަޝިއާގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.