Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ރަން ރީނދޫ" ދުވުން ބާއްވައިފި

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ރަން ރީނދޫ" ދުވުން ބާއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
354 ދުވަސް ކުރިން - 1 އޯގަސްޓް 2025 20:39
އެމްޑީޕީން މިއަދު ބޭއްވި "ރަން ރީނދޫ" ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން: ފޮޓޯ/ އެމްޑީޕީ---
އެމްޑީޕީން މިއަދު ބޭއްވި "ރަން ރީނދޫ" ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން: ފޮޓޯ/ އެމްޑީޕީ---
ޚުލާސާ

އެމްޑީޕީގެ "ރަން ރީނދޫ" ހަރަކާތް މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20ވަނަ އަހަރީ ދުވަސް ފަހާގަކުރުމަށް "ރަން ރީނދޫ"ގެ ނަމުގައި ހިނގުމާއި ދުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން އޮންނަ ބަގީޗާ ހިނގުން މަގުގަ އެވެ. މި ހަރަކާތުގައި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެ ޕާޓީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއީލް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިއަދު ހަވީރު 17:00ގައި ފެށި މި ހަރަކާތުގައި 300 އެއްހައި މީހުން ބައިވެރިވެފައިވެއެވެ. އެމްޑީޕީން މި ހަރަކާތް ފަށާފައިވަނީ ހާއްސަ ދަންމަރަކާއެކު އެވެ. މި ދަންމަރާއި ގުޅޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ، ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.

Advertisement

Advertisement 1

އެމްޑީޕީން ބުނެފައިވާ ގޮތުގައި ހއ. ތުރާކުނުން ފެށިގެން އައްޑޫސިޓީއަށް، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން މި ހަރަކާތް ކުރިއަށް ގެންގޮސް ނިންމާލުމަކީ އެ ޕާޓީގެ އަމާޒެއްކަމަށް އެމްޑީޕީން ބުނެއެވެ.

އެޕާޓީން އެންމެ ފުރުތަމަ މި ހަރަކާތް ބާއްވަން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން އޮންނަ ބަގީޗާ ހިނގުން މަގުގަ އެވެ. އެއަށްފަހު އެ ހަރަކާތް މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އާޓިފިޝަލް ބީޗުން ފެށުމަށް ވެސް އެ ޕާޓީން އެފަހަރު ނިންމި އެވެ. އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ ސަރުކާރުން އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުންދާކަމަށްބުނެ އެ ޕާޓީން މީގެ ކުރިން ވަނީ ސަރުކާރަށް ދޮގު ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

އެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

45 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

45 ދުވަސް ކުރިން - 10:25